12 Nov 2017, 09:50
ޗައިނާގެ ވީޑިއޯ ގޭމް ޑިވެލޮޕަރަކު އޭނާގެ ލޯބިވެރިޔާއަށް އަގުބޮޑު ޕްރޮޕޯޒްއެއް ކޮށްފި އެވެ. ޗެން މިންގް ކިޔާ މި މީހާ އޭނާގެ ލޯބިވެރިޔާއަށް ކުރީ 31500 ޑޮލަރުގެ އަގުހުރި ޕްރޮޕޯޒެކެވެ.
އޭނާ ވަނީ 25 އައިފޯން އެކްސް ހިތުގެ ބައްޓަމަކަށްވާ ގޮތަށް އަތުރައި އޭގެ ތެރޭ ރަތް ފިނިފެންމާ ފިޔަ އަތުރައިފަ އެވެ. އޭގެ މަތީ އެންގޭޖްމެންޓް އަނގޮޓި ބާއްވާފައި އޮތެވެ.
މި ޕްރޮޕޯޒަލް އަށް އާނ ބަސް ލިބުނު އިރު ގިނަ ބައެއްގެ ސަމާލުކަން ވެސް ވަނީ ލިބިފަ އެވެ. ފަންސަވީސް އައިފޯން އާ އެކު ޕްރޮޕޯޒް ކުރި ލޯބިވެރިޔާގެ އުމުރަކީ 25 އަހަރު ކަމަށްވާތީ ކަމަށް ޗެން ވަނީ ބުނެފަ އެވެ.
ޗެން އާއި އޭނާގެ ލޯބިވެރިޔާ ލީ ދިމާވީ ޗެން ޑިވެލޮޕްކުރި ވީޑިއޯ ގޭމެއްގެ ޒަރިއްޔާއިންނެވެ. ދެމީހުން ގުޅިގެން އުޅޭތާ ދެ އަހަރު ވެއްޖެ އެވެ. ޕްރޮޕޯޒަލް އަށް 25 އައިފޯން ލިބުނު ލީ ވަނީ އޭނާގެ ރައްޓެހިންނަށް ފޯނުތައް ހަދިޔާކޮށްފަ އެވެ.
މި ޕޮރޮޕޯޒަލް އަށް މީޑިއާގެ ސަމާލުކަން ލިބުނު އިރު ޗައިނާގެ ސޯޝަލް މީޑިއާގައި ވެސް މިހާރު އެންމެ ބާރަށް ދައުރުވަނީ މި ޕްރޮޕޯޒަލްގެ ފޮޓޯތަކެވެ. މި ޕްރޮޕޯޒަލް އަށް ބައެއް މީހުން ފާޑުކިޔަމުން އަންނަ އިރު ބޮޑު ހަރަދެއް ކޮށްގެން އައިފޯނުތަކެއް ގަތުމުގެ ބަދަލުގައި ގެއެއް ގަތުމަށް ޑައުން ޕޭމެންޓް ދެއްކުން ވެސް މާ ބުއްދިވެރި ކަމަށް ފާޑުކިޔާމީހުން ބުނެ އެވެ.