ބަދިގޭގައި އާންމުކޮށް ބޭނުންކޮށްއުޅޭ ބައެއް ބާވަތްތަކަކީ ގައިގެ އަދި މޫނުގެ ހަންގަނޑަށް ފަރުވާކޮށް ޒީނަތްތެރިވުމުގައި ބޭނުން ކުރެވޭނެ އެއްޗެހިކަން އެނގޭހެއްޔެވެ؟ ބޮޑެތި ހަރަދުތައް ކޮށްގެން ގަންނަ ކޮސްމެޓިކްސް އަށްވުރެ ކެމިކަލް އެކުނުލެވޭ، ގުދުރަތީ ބާވަތްތަކުން ހަންގަނޑަށް ގެނެސްދޭ އާރޯކަން ތާޒާވާނެއެވެ.

  1. ލުނބޯ:ލުނބޯ ފަޅިއެއް މޫނުގައި އުނގުޅާށެވެ. ބްލެކް ހެޑްސްތައް ފިލައި މޫނު މަޑުވެ، އަލިވާނެއެވެ.

  2. އޮލިވްއޮއިލް:މޭކަޕް ރިމޫވާއެއްގެ ގޮތުގައި އޮލިވް އޮއިލް ބޭނުން ކުރެވިދާނެއެވެ. ކަފަ ކޮޅެއްގައި ތެޔޮފޮދެއް ލުމަށްފަހު މޫނުގައި އުނގުޅާށެވެ. ދެ މިނެޓް ވަރު ފަހުން ތާފަނާ ފެން ފޮދަކުން މޫނު ދޮންނާނީއެވެ. ކުޑަ ތުވާލިކޮޅެއް ތެންމާލުމަށްފަހު މޫނުގައި އުފުޅުންވެސް އެންމެ ރަނގަޅެވެ.
  3. އޯޓްސް: މޫނުގައި އުނގުޅަން ރަނގަޅު ސްކްރަބްއެއް ތައްޔާރުކުރަން އޯޓްސް ބޭނުން ކުރާށެވެ. ރާޅުކޮށް މުގުރާލުމަށްފަހު މޫނުގައި އުނގުޅާށެވެ.
  4. ޔޯގަޓް:ފޭސް މާސްކެއްގެ ގޮތުގައި ޔޯގަޓް ބޭނުން ކުރެވިދާނެއެވެ. މޫނު ތާޒާކޮށް ހަންގަނޑު އޮމާންކޮށްދޭނެއެވެ.
  5. މާމުއި:މިއީވެސް ފޭސް މާސްކެއްގެ ގޮތުގައި ބޭނުން ކުރަން ރަނގަޅު އެއްޗެކެވެ. ކުޑަ ލުނބޯ ހުތް ފޮދަކާއެކު ނޫނީ ހުސް މާމުއި މޫނުގައި އުނގުޅާށެވެ.
  6. ބިސް:މިވެސް ފޭޝަލް އެއް ހަދަން ބޭނުން ކުރެވޭނެ އެއްޗެކެވެ. އެގް ވައިޓް ނޫނީ ބިހުގެ ހުދުބައި ގިރާލާށެވެ. މޫނުގައި އުނގުޅުމުން ހަންގަނޑަށް ތާޒާކަން ގެނެސްދީ އުޖާލާވާނެއެވެ. ބިހުގެ ގޮބޮޅިއަކީވެސް މޫނުގައި އުނގުޅަން ރަނގަޅު އެއްޗެކެވެ.
  7. ހަކުރު:ހަކުރު ބޭނުން ކޮށްގެން މޫނު ސްކްރަބް ކުރާށެވެ. މޫނުގެ ހަންގަނޑު މަޑުވެ ތާޒާވާނެއެވެ.

މަސްދަރު:ހެލްތްޑައިޖެސްޓް