04 Aug 2011, 16:07
މި ރޯދަ މަހުގެ ވަކި ވަގުތުތަކެއްގައި އެމްޕީއެލުން ފެށިގެން އެއް ނަމްބަރު ފާލަމާ ދެމެދު މުދާ އަރުވައި ބޭލުން މަނާކޮށްފި އެވެ.
މާލޭ ސިޓީން ކައުންސިލުން އާއްމުކޮށް ނެރެފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުން މި ރޯދަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ވެސް މެންދުރު ފަހު 2:00 އިން ފެށިގެން 6:00 އާ ހަމައަށް އެޕްޕީއެލް އާއި އެއް ނަމްބަރު ފާލަމާ ދެމެދު މުދާ އަރުވައި ބޭލުމަކީ މަނާކަމެއް ކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ އެގޮތަށް ހަމަޖައްސަން ޖެހުނީ އެސަރަހައްދަކީ މި ރޯދަ މަހު ވަރަށް ކާރޫބާރޫ ބޮޑު ސަރަހައްދަކަށްވެފައި ދުއްވާތަކެއްޗާއި ހިނގާބިނގާވެއުޅޭ މީހުންނަށް ވަރަށް ބޮޑަށް ދަތިވަމުންދާތީ އެކަމަށް ލުޔެއް ހޯދައި ދިނުމަށް ކަމަށެވެ.