12 Nov 2017, 08:34
މަތީ ދަރަހަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމް 24 ފަރާތަކަށް ދެއްވައިފިއެވެ.
ރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ޚާއްސަ ހަފްލާގައި އެ ފަރާތްތަކަށް އިނާމާއި މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް އެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމް ދީފައިވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި ރާއްޖޭގެ ގައުމީ ސަނަދު ތަކުގެ އެންމެ މަތީ ލެވެލްގެ ސަނަދެއް ހާސިލްކުރުމުގައި ފާހަގަ ކުރެވޭ ކާމިޔާބީއެއް ހާސިލް ކުރުމުން ދޭ އިނާމް، މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެ މަތީވަނަ ހާސިލްކުރުމުން ދޭ އިނާމު އަދި ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން އެންމެ މަތީވަނަ ނުވަތަ އެކަމުގެ ޝަރަފު ހޯދުމުން ދޭ އިނާމް ހިމެނެއެވެ.
ރާއްޖޭގެ ގައުމީ ސަނަދު ތަކުގެ އެންމެ މަތީ ލެވެލްގެ ސަނަދެއް ހާސިލް ކުރުމުންދޭ އިނާމް މިއަހަރު ތިން ކަނބަލަކުވަނީ ހޯދާފައެވެ.

އެޕިޑޮމިއޮލޮޖީ އަދި ޑޮކްޓާ އޮފް ފިލޯސަފި ހާސިލްކޮށް ޕީއެޗްޑީ އަށްކުރި ދިރާސާގެ އަލީގައި ލިޔުއްވި ދެ އާޓިކަލް ބައިނަލް އަގުވާމި މަޖައްލާތަކުގައި ޝާއިރު ކުރުމުން ދޭ އިނާމްޑޮކްޓަރު މަރިޔަމް ސުޒާނާ،ގަލޮޅު/ ނާރިހިވަނީ ހާސިލް ކޮށްފައެވެ.
ބިޒްނަސް އެޑްމިނިސްޓްރޭޝަންއިން ޑޮކްޓަރުކަން ހާސިލްކޮށް ޑީޕީއޭ އަށް ކުރި ދިރާސާގެ އަލީގައި ލިޔެފައިވާ އާޓިކަލް "އިންޓަނޭޝަނަލް ޖާނަލް އޮފް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް" ގައި ޝާއިރު ކުރުމުންދޭ އިނާމްޑޮކްޓަރު މަރިޔަމް ވަސީމާ، ޅ. ހިއްނަވަރު/ ނިޝާން ވަނީ ހާސިލް ކޮށްފައެވެ.
"ޑޮކްޓަރު އޮފް ފިލޯސަފީ" ހާސިލްކޮށް ޕީއެޗްޑީ އަށް ކުރި ދިރާސާގެ އަލީގައި ލިޔުނު ތެލެސީމިއާ ބަލި ތަހައްމަލް ކުރާ ކުދިންގެ މައިން ބަފައިން ޓެސްޓް ނަހަދާ ކައިވެނި ކުރުމާއި އެކަމުގެ ނަތީޖާ އާއި ދޭތެރޭ ވިސްނުމާއި ފިކުރުހުރި ގޮތުގެ އާޓިކަލް އޮސްޓްރޭލިއާގެ "ޖާނަލް އޮފް ކޮމިއުނިޓީ ޖެނެޓިކްސް" ގައި ޝާއިރު ކުރުމުން ދެ އިނާމް،ޑޮކްޓަރު ފަޒީލާ ވަހީދު، ނ. ކެނދިކުޅުދޫ/ ކުއްޅަވަށްގެ، ވަނި ހާސިލް ކޮށްފައެވެ.
އޭގެ އިތުރުން މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެ މަތީވަނަ ހާސިލްކުރުމުން ދޭ އިނާމު އަދި ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން އެންމެ މަތީވަނަ ނުވަތަ އެކަމުގެ ޝަރަފު ހޯދުމުން ދޭ އިނާމް ހާސިލް ކޮށްފައިވަނީ "ޖާނީ" ޖަމިއްޔާއިން ވަނީ ހާސިލް ކޯށްފައެވެ.
އެ ޖަމިއްޔާއިން އެ އިނާމް ހާސިލް ކޮށްފައިވަނީ، މިދިޔަ އަހަރު އިންޑިއާގެ ނިއުދިއްލީގައި ބޭއްވި "އީއެންޖީއޯ" ޗެލެންޖުން ހެލްތް އެންޑް ކެއާ ބައިން އެއްވަނަ ހޯދައިގެންނެވެ.
ރޭގެ ޖަލްސާގައި މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެ މަތީވަނަ ހާސިލްކުރުމުން ދޭ އިނާމް 20 ބޭފުޅަކުވަނި ހޯދައިފައެވެ.

ރޭގެ ޖަލްސާގައި ގުރުއާން ހިތުދަސް ކުރައްވައިފަވާ ބެފުޅުންނަށް ރައީސުލް ޖުމްހޫރިއްޔާ ދެއްވާ މެޑަލް ހަތް މީހަކުވަނި ހާސިލް ކޮށްފައެވެ. އެއީ:
އަލް ހާފިޒް އަހުމަދު ޒާހިރު، ސ.ހިތަދޫ/ ކުރުކުރުމާގެ
- އަލް ހާފިޒް ނާދިހު އަބްދުލް ހަމީދު، ނ.މާފަރު/ ނާދީ
- އަލް ހާފިޒާ ޝަރީފާ މުހައްމަދު ދީދީ، ސ.މީދޫ/ އަރިވަރު
- އަލް ހާފިޒާ ފާތިމަތު މައިސަން ސައީދު، ސ.ފޭދޫ/ ޑިއަރެސްޓް
- އަލް ހާފިޒް އަހުމަދު އަހްސަން، ލ.ގަން/ ފިނިރޯޅި
- އަލް ހާފިޒް މުހައްމަދު މުސްތަފާ، ބ.އޭދަފުށި/ ޖަންބުމާގެ އާގެ

އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމް އަދި މެޑަލް ސާނަވީ އިމްތިހާނުން އެކި މާއްދާތަކުން އެއްވަނަ ހޯދައިގެން ހަ ކުއްޖަކުވަނި އިނާމް ހާސިލް ކޮށްފައިވާއިރު މަތީ ސާނަވީ އިމްތިހާނުން އެކި މާއްދާތަކުން ދުނިޔޭގެ އެއްވަނަ ހޯދައިގެންވެސް ހަ ކުއްޖަކުވަނި ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ހާސިލް ކޮށްފައެވެ.

ރޭގެ ޖަލްސާގައި "ޕްރެޒިޑެންސީބެޖް" ހޯދައިގެން ގާލް ގައިޑް އެއް ކުއްޖަކާއި ސްކައުޓްގެ ދެކުދިންވެސް ވަނި ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ހާސިލް ކޮށްފައެވެ. އަދި އެ ޖަލްސާގައި ވަނީ، ލޮލުގެ ހާއްސަ ޑޮކްޓަރެއްގެ ގޮތުގައި ސެންޓްރަލް ކްލިނިކް އަދި އައިޖީއެމްއެޗްގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރުމުން ދޭ ހަނދާނި ފިލައެއް ބޭރުގެ ޑޮކްޓަރެއް ކަމަށްވާ، ޑރ އިމްތިޔާޒް މުހުސިނަށް ދެއްވާފައެވެ.

ރާއީސުލްޖުމްހޫރިއްޔާ ދެއްވާ މަތީ ދަރަޖަ ހޯދުމުންދޭ އިނާމަކީ، ރާއްޖެއަށް ރީތިނަން ހޯދައިދޭ ފަރާތްތަކާއި ހުނަރުވެރިކަމާއި މަސައްކަތްތެރިކަމާއި އަދި އިލްމީ ގޮތުން މަތީ ވަނަތަކާއި ޝަރަފު ހާސިލް ކުރާ ފަރާތްތަކުގެ ކާމިޔާބި ފާހަގަކޮށް ހިއްވަރު ދިނުމުގެ ގޮތުން ދޭ އިނާމެކެވެ.