ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކު ދެމުން އަންނަހިތްވަރު ދިނުމުގެ ގައުމީ އިނާމްމިއަހަރު 24 ބޭފުޅަކަށާއި ޖަމިއްޔާއަކަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ރޭ ދެއްވައިފިއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ޖުމްހުރީ ދުވަހުގެ ރަސްމީ ޖަލްސާގައިވަނީ ހިތްވަރު ދިނުމުގެ ގައުމީ އިނާމް ލިބިވަޑައިގެންނެވި 24 ބޭފުޅަކަށާއި ޖަމިއްޔާއަކަށް ހަދަނީ ލިޔުމާއި ހަނދާނީ ފިލާ ދެއްވައިފައެވެ.

ހިތްވަރު ދިނުމުގެ އިނާމް މި އަހަރު ލިބިވަޑައިގެންނެވި ފަރާތްތައް

  • ކީރިތި ޤުރްއާން ކިޔެވުމާއި، އުނގަންނައިދިނުމުގެ ދާއިރާއިން:
    އަލްޤާރިއާ ފާޠިމަތު ރަޝީދާ ހ. ކިވީ

  • ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރުން:
    އަލްއުސްތާޛު މޫސާ އަންވަރު ޙަސަން ޏ. ފުވައްމުލައް ދަޑިމަގު، ރިހިވިލާގެ
  • ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ، އަދަބިއްޔާތައް ހިދުމަތް ކުރެއްވުމުގެ ރޮނގުން:
  • މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން މއ. ޝިމާގު

އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން މއ.ޝިމާގު އަށް ރައީސް ޔާމީން ހަނދާނީ ލިޔުން ދެއްވަނީ--ފޮޓޯ/ ރައީސް ޔާމީން

  • އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން، މުޖްތަމައުއަށް ފައިދާ ހުރި މަސައްކަތްތައް ކުރުމުގެ ރޮނގުން
    ނައިފަރު ޖުވެނައިލް (ޖަމިއްޔާއެއް)

  • ދިވެހި ތާރީހާ ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ރޮނގުން، ދިވެހި ތާރީހަށް ހިދުމަތް ކުރެއްވުމުގެ ދާއިރާއިން:
    މުޙައްމަދު ޝާޠިރު ތ. ހިރިލަންދޫ ތިރިންގަލި

  • ޤައުމީ ތަރިކަ ރައްކާތެރިކުރުމުގެ ރޮނގުން، ގައުމީ ތަރިކައިގެ ދާއިރާއިން:
    އަހުމަދު ޟަމީރު ޅ. ކުރެންދޫ ގަހާދަށުގެ

  • ތަޢުލީމީ ދާއިރާއިން، ތަޢުލީމީ މުއައްސަސާތައް އުފައްދައި ހިންގުމުގެ ރޮނގުން:

    ޢަބްދުﷲ މުސްތާޤު ރަޝާދު ގދ. ތިނަދޫ ޗާންދު

ޢަބްދުﷲ މުސްތާޤު ރަޝާދު ގދ. ތިނަދޫ ޗާންދަށް ރައީސް ޔާމީން ހަނދާނީ ލިޔުން ދެއްވަނީ-- ފޮޓޯ/ ރައީސް އޮފީސް

  • ހިންގުމުގެ ދާއިރާއިން:

    އަހްމަދިއްޔާ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު މ. ފަންތި

  • ހިލޭސާބަހަށް މަސައްކަތް ކުރުމުގެ ރޮނގުން، އިޖްތިމައީ ދާއިރާ:

    ފާތިމަތު ޒަޢީމާ ލ. ފޮނަދޫ މުރިގު

  • ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާއިން، ފެހުމުގެ ދާއިރާއިން:

    އާސިޔަތު ނަޖީބާ ހުޅުމާލެ ފްލެޓު 02-1-99

  • ބޯޓް ބިލްޑިންގގެ ދާއިރާއިން، އޮޑިދޯނިފަހަރާއި ޔޮޓްފަހަރު ބަނުމާއި، ފަރުމާކުރުމުގެ ރޮނގުން:

    އަލީ ޙަސަން ރ.އަލިފުށީ ފްލޯރެންސް

  • މަސައްކަތްތެރިކަމުގެ ދާއިރާއިން:

    އާމިނަތު ލީލާ ގ. ވެނީޒިއާ

  • އިމާރާތް ކުރުމުގެ ދާއިރާއިން، އިމާރާތް ކުރުމާއި އިމާރާތް ފަރުމާ ކުރުމާއި، ކޮންސަލްޓަންސީގެ ރޮނގުން:

    މުހައްމަދު އަލީ ޖަނާޙް ހ. ސީސައިޑް

މުހައްމަދު އަލީ ޖަނާޙް ހ. ސީސައިޑް އަށް ރައީސް ޔާމީން ހަނދާނީ ލިޔުން ދެއްވަނީ--ފޮޓޯ/ ރައީސް އޮފިސް

  • ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން، މަޢުލޫމާތު ފެތުރުމުގެ ރޮނގުން:

    އަބްދުﷲ އަޒްމީނު ގދ. ގައްދޫ އަތިރީގެ

  • ކުޅިވަރުގެ ދާއިރާއިން، ފަންނީގޮތުން ކުޅިވަރަށް ޚިދުމަތް ކުރުމުގެ ރޮނގުން:

    އަލްފާޟިލް ޢަލީ ސަލީމް މ. ތްރީ ފްލާވަރސް

  • ކުޅިވަރުގެ ދާއިރާއިން، މޫދު ކުޅިވަރު ކުޅުމާއި، އެދާއިރާއިން މީހުން ތަމްރީނު ކުރުމުގެ ރޮނގުން:
    އަބްދުލްޣަފޫރު އަލީ( ގައްބެ) ށ. ފޭދޫ ޑޭޒީމާގެ

  • ކުޅިވަރުގެ ދާއިރާއިން، ކަސްރަތު ކުރުމާއި، ކަސްރަތު ކުރިއެރުވުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން:

    އަބްދުﷲ ނިޔާޒް މ. އާސިޔާ މަންޒިލް

  • ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ކުޅުމާއި، އެދާއިރާއިން މީހުން ތަމްރީނު ކުރުމުގެ ރޮނގުން:

    ފާތިމަތު ރިޝްމާ މ. ކެލްފޯނިޔާ 1

  • ވިޜުއަލް އާޓްސްގެ ދާއިރާއިން، ފޮޓޯގްރަފީގެ ރޮނގުން:

    މުޙައްމަދު ޝާފީ ސ. މަރަދޫ ވެސްޓްކޯސްޓް

  • ޕާރފޯމިންގ އާޓްސްގެ ދާއިރާއިން، ލަވަކިޔުމާއި، މީހުން ތަމްރީނު ކުރުމާއި، އަމިއްލަ ރާގު އުފެއްދުމުގެ ރޮނގުން:

    މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) ޅ. ނައިފަރު އަލިގާ

  • ޕާރފޯމިންގ އާޓްސްގެ ދާއިރާއިން، ފިލްމާއި ޑްރާމާ ކުޅުމާއި، މީހުން ތަމްރީނު ކުރުމާއި، ސްކްރިޕްޓް ލިޔުމުގެ ރޮނގުން:

    އިބްރާހީމް ރަޝީދު ( މަހުރަބު އިއްބެ) ގ.ތަލްވާރުގެ

  • އާންމުކޮށް އަންހެނުން ކޮށްނޫޅޭ ބާވަތުގެ މަސައްކަތް ކުރުމުގެ ރޮނގުން، އަންހެނުންގެ ދާއިރާއިން

    ސަރޖަންޓް ފަސްޓް ކްލާސް ސަމްޙާ ޔޫސުފް ޅ. ނައިފަރު މާތިލަ

  • އާންމުކޮށް އަންހެނުން ކޮށްނޫޅޭ ބާވަތުގެ މަސައްކަތް ކުރުމުގެ ރޮނގުން، އަންހެނުންގެ ދާއިރާއިން

    މަރްޔަމް ޝިފްޒާން މ. ހިޔަލީގުލްޝަން

  • އާންމުކޮށް އަންހެނުން ކޮށްނޫޅޭ ބާވަތުގެ މަސައްކަތް ކުރުމުގެ ރޮނގުން، އަންހެނުންގެ ދާއިރާއިން:

    ރާބިއާ ހުސައިން ބ. މާޅޮސް ފެންފިޔާޒުގެ

  • ޒުވާނުންގެ ދާއިރާއިން:

    މުޙައްމަދު ޝާރިފް އދ. މާމިގިލީ މަރިޔާޛު

    ހިތްވަރު ދިނުމުގެ ގައުމީ އިނާމް 25 ފަރާތަކަށް ލިބިލެއްވި އިރު ޝަރަފްވެރިކަމުގެ އިނާމް ހާސިލް ކޮށްފައިވަނީ އަދަބިއްޔާތަށް ހިދުމަތް ކުރުމުގެ ދާއިރާއިން ދިވެހި ޅެންވެރިކަމުގެ ރޮނގުން އަބްދުﷲ އަފީފް އަލިދޯދީ ގދ ތިނަދޫ އަދި ސިއްހީ ހިދުމަތުގެ ދާއިރާއިން، ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ ރޮނގުން ޑރ މުހައްމަދު ހ. މިލާފަރަވެ.