ޓީ-ސީރިޒްއާއި ކަރިއާޖް އެންޓައިމެންޓް އަދި "ގައި އިން ދަ ސްކައި" އާއި ބަލައްޖީ މޯޝަން ޕިކްޗާ ގުޅިގެން ގެނެސްދޭ ފިލްމް 'ކެދާނަތު' އަށް އަލަށް ތަޢާރަފްވާ ބަތަލާ ސާރާ އަލީ ހާން އަށް އެ ފިލްމް ރިލީޒް ނުކުރަނީސް އެހެން ފިލްމެއްް ކުޅުމުގެ ފުރުުސަތެއް ލިބިއްޖެއެވެ.

ސާރާ އަށް އެ ފުރުސަތު ދީފައިވަނީ އަނުޝްކާ ޝަރުމާގެ ޕްރޮޑަކްޝަން ހައުސްގެ ފިލްމެކެވެ.

ނަމަވެސް މިޑް-ޑޭގައި ބުނާ ގޮތުން އަނުޝްކާ ދެން ޕްރޮޑިއުސްކުރަން ހަމަޖެހިފައިވާ ފިލްމުގައި ހަރަކާތްތެރިވުމަށް އަނުޝްކާ ވަނީ ސާރާއަށް ފުރުސަތު ދީފައެވެ. ފިލްމްގެ ސްކްރިޕްޓްް ކިޔާލަން ދިނުމުން ސާރާ ވަނީ އެ ފިލްމަށް ޝައުގުވެރިކަން ފާޅުކޮށްފައި ކަމަށް އަނުޝްކާ ބުންޏެވެ.

ކުރިން ސާރާ ބުނެފައިވަނީ 'ކެދާނަތް' ރިލީޒްކުރުމުގެ ކުރިން އެއްވެސް ފިލްމެއް ނުކުޅޭނެކަމަށެވެ. ނަމަވެސް މިހާރު އެ ފިލްމް އަންނަ ޑިސެމްބަރު މަހަށް ރިލީޒްކުރުމަށް ފަސްކޮށްފައެވެ. އެހެންކަމުން ސާރާ ބުނީ އެހާ ދުވަހުގެ މުއްދަތަކަށް ފިލްމެއްގައި ސޮއި ނުކޮށް ހުންނަން ބޭނުންނުވާ ކަމަށް ބުނެފައެވެ.