11 Nov 2017, 09:45
އަންނަ އަހަރުގެ އީދުގައި ކުރީގެ ދެ ލޯބިވެރިން ކަމުގައިވާ ސަލްމާން ޚާން އަދި އައިޝްވާރްޔާ ރާއީ ބައްޗަންގެ ދެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިއްޖެ އެވެ.
ސަލްމާންގެ ފިލްމުތައް އަބަދުވެސް ރިލީޒް ކުރަނީ އީދު ޗުއްޓީއާ ދިމާކޮށެވެ. އެހެންކަމުން އެއީ ސަލްމާނަށް ޚާއްސަ ދުވަހެކެވެ. ނަމަވެސް މިފަހަރު ސަލްމާނާ ވާދަކުރަން މި ނުކުންނަނީ އައިޝްވާރްޔާ އެވެ.
ދެހާސް އަށާރަ ވަނަ އަހަރުގެ އީދުގައި ރިލީޒް ކުރާނީ ސަލްމާން އަދި ޖެކްލީން ލީޑު ރޯލުން ފެނިގެންދާ ފިލްމު 'ރޭސް 3' އައި އައިޝްވާރްޔާގެ 'ފެނީ ޚާން' އެވެ. އައިޝްވާރްޔާ އާ އެކު ފިލްމުން ދެން ފެނިގެން ދާނީ އަނިލް ކަޕޫރު އަދި ރާޖްކުމާރު ރާއޯ އެވެ.
ދެ ފިލްމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ.
ސަލްމާން އާއި އައިޝްވާރްޔާ ތިން އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ނަމަވެސް، 2002 ވަނަ އަހަރު ދެމީހުން ވަކިވުމަށް ފަހު އެކުގައި މަސައްކަތް ކޮށްފައެއް ނުވެ އެވެ. އަދި ދެމީހުން ވާހަކަ ދައްކައި ނުހަދަ އެވެ.