މިދިޔަ އަހަރުން ފެށިގެން، ބާއްވަމުން އަންނަ މެޑިކަލް އެގްޒިބިޝަނަށް ޒިޔާރަތް ކޮށްގެން އިނާމް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ހެލްތް އެކްސްޕޯ އިމްތިޒާމް ކުރާ "އެމްވީ މެޑިކަލްސް"އިން ބުނީ، އާޓްގެލެރީގައި އިއްޔެ ފެށި "މޯލްޑިވްސް މެޑިކަލް އެންޑް ހެލްތު އެކްސްޕޯ"އަށް ޒިޔާރަތް ކުރާ މީހުންގެ މެދުގައި ކޮންމެ ދުވަހު ގުރުއަތު ނަގާނެ ކަމަށާއި އެ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހުންނަށް އަގުހުރި އިނާމުތަކެއް ލިބޭނެ ކަމަށެވެ.

އާޓްގެލެރީގައި ކުރިއަށްދާ ހެލްތު އެސްޕޯގެ ތެރެއިން: ސިއްހީ ތަފާތު އެކި މައުލޫމާތު ފޯރުކޮށްދޭނެ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެގޮތުން ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)އިން ހުށަހަޅާފައިވާ ތިން މަސް ދުވަހުގެ މެންބާޝިޕް އަދި އުރީދޫއިން ހުށައަޅާފައިވާ ވައިފައި މޮޑެމް ކޮންމެ ރެއަކުވެސް ދެ ނަސީބުވެރިއަކަށް ލިބިގެންދާނެ ކަމަށް އެމްވީ މެޑިކަލްސްއިން ބުންޏެވެ.

އެ އިނާމް ހޯދުމަށް މެޑިކަލް އެކްސްޕޯއަށް ޒިޔާރަތްކޮށް ކޫޕަން ފުރާލުމުން ގުރުއަތުގައި ބައިވެރި ވެވޭނެއެވެ. އަދި ގުރުއަތުގެ ނަސީބުވެރިން ހޮވުން ކޮންމެ ރެޔަކު ވެސް 10 ޖަހާއިރު އޮންނާނެ ކަމަށް އެމްވީ މެޑީކަލްސްއިން ބުންޏެވެ.

އާޓްގެލެރީގައި ކުރިއަށްދާ ހެލްތު އެސްޕޯގެ ތެރެއިން: ސިއްހީ ތަފާތު އެކި މައުލޫމާތު ފޯރުކޮށްދޭނެ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްވީ މެޑިކަލްސްއިން ބުނީ، މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތަކުން ވެސް ބައިވެރިވާ ކަމަށެވެ. އަދި މިރެ އާއި މާދަމާ ވެސް ސިއްހީ ތަފާތު ކަންކަމާ ބެހޭ ގޮތުން މައުލޫމާތު ދޭ ސެޝަންތަކެއް ކުރިއަށްގެންދާނެ ކަމަށް ވެސް އެމްވީ މެޑިކަލްސްއިން ބުންޏެވެ.