04 Aug 2011, 14:40
ބްރެޒިލްގައި އުފަންވި ތުއްތު އަންހެނުން ކުއްޖަކު ދިރިއޮއްވައި ވަޅުލުމުން ސަލާމަތްވީ ވަޅުލުމަށްޓަކައި ފިއުނެރަލް ހޯމްއަކަށް ގެންގޮސްފައި ވަނިކޮށް ރޯލުމުން ކަމަށް ބްރެޒިލް ފުލުހުންނާ ހަވާލާދީ ރޮއިޓާސް ބުނެފި އެވެ. ތުއްތު ކުއްޖާ ވަޅުލަން ގެންދިޔައީ އެކުއްޖާ ވިހޭ އިރު މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނުމުންނެވެ.
ބްރެޒިލް ފުލުހުން ބުނި ގޮތުގައި އެގައުމުގެ އަރަގްޒާ ސިޓީގައި ހުންނަ ސަންޓާ ކާސާ ޑި މިސެރިކޯޑިއާ ހޮސްޕިޓަލްގައި ވިހޭ އުމުރުން 14 އަހަރުގެ އަންހެނުން ކުއްޖާ ވިހެއީ ހަމަހުގަ އެވެ. އަދި އޭނާ ވިހެއުމާ އެކު ތުއްތު ކުއްޖާ އޮތީ މަރުވެފައިކަމަށް ހޮސްޕިޓަލްއިން އިއުލާން ކުރިކަމަށާއި އެކުއްޖާ ފިއުނެރަލް ހޯމް އަކަށް ގެންގޮސް ވަޅުލަން ތައްޔާރުކުރީ އެހެންވެ ކަމަށް ވެސް ބްރެޒިލް ފުލުހުން ބުންޏެވެ.
ކުއްޖާ ރޮއިގަތުމުން ހޮސްޕިޓަލަށް ގެންގޮސް އިންޓެންސިވް ކެއާ ޔުނިޓްގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށާއި އެހާދިސާ ހިނގި ކަންކަށަވަރު ކޮށްދީފައި ކަމަށް ރޮއިޓާސް ބުންޏެވެ.