މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) އިން މީލާދީ އަހަރު ނިމުމާ ގުޅުވައިގެން ކޮންމެ އަހަރަކުވެސް ކުރިޔަށް ގެންދާ "އިޔާ އެންޑް ލީސް" މިއަހަރުވެސް ފެށުމަށް ވަނީ ތައްޔާރުވެފައި ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްއެފްއެލްސީ ބުނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ 15 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދަން ހަމަޖެހިފައިވާ މިއަހަރުގެ "އިޔާ އެންޑް ލީސް" ވަރަށް ތަފާތުވެފައި ޚާއްސަވާނެ ކަމަށެވެ.

އެ ކުންފުނިން ބުނީ މި އަހަރުގެ ޕްރޮމޯޝަންގެ އެންމެ ޚާއްސަ ކަމަކީ ކުރީން ލީސް ނަންގަވާފައިވާ ފަރާތްތަކަށްވެސް ބައިވެރިވޭ ގޮތަށް ހުޅުވާލެވިފައިވާ ޢުމްރާ ދަތުރެވެ. އުމްރާ ދަތުރު ހޯދުމަށް އެމްއެފްއެލްސީއަށް ވަޑައިގެން ކޫޕަން ފުރުއްވުމަށްފަހު ގުރުއަތުގައި ބައިވެރިވެވޭނެ ކަމަށާއި ގުރުއަތުން ހޮވިވަޑައިގަންނަވާ ބޭފުޅަކަށް 2 ބޭފުޅެއްގެ އުމްރާ ދަތުރު ހަމަޖެހިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އުމްރާ ދަތުރުގެ އިތުރުން މިއަހަރުގެ މިޕްރޮމޯޝަންގެ ދަށުން އެ ކުންފުނިން ލީސް ނަންގަވާފަރާތްތަކަށް ސައިކަލެއް ލިބުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މިހާރު ޚިދްމަތް ހޯއްދަވާ ފަރާތްތަކަށް އެއްދުވަސް ތެރޭ ލީސް ލިބިވަޑައިގަންނަވާނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ.

މީގެ އިތުރުން، އެމްއެފްއެލްސީ އިން ދަނީ މި މަހުގެ 15 ވަނަ ދުވަހާއި ހަމައަށް އައިފޯން 8 ލިބިވަޑައިގަންނަވާ ޕޮރްމޯޝަނެއް ކުރިޔަށް ގެންދަމުންނެވެ.

އެމްއެފްއެލްސީ އަކީ އާންމުންނަށާއި ވިޔަފާރިތަކަށްވެސް ގޭގައި ހިފައި ގެންގުޅޭ ސާމާނުގެ އިތުރުން ހަރު މުދާވެސް ލީސް ކޮށްދޭ ކުންފުންޏެކެވެ. އަދި މީގެ އިތުރުން އެކުންފުނިން ގެދޮރު މަރާތު ކުރުމާއި އިމާރާތް ކުރުމާއި އެޕާޓްމަންޓް ގަތުމަށާއި އަދި ޕްރެޖެކްޓް ލޯނު ވެސް ދޫކުރެެއެވެ.