10 Nov 2017, 11:03
ފޭނުން ގިނަ ވުމަކީ ގިނަ ފިލްމީ ތަރިން ހިތްހަމަޖެހޭ ކަމަކަށް ވިޔަސް ބައެއް ފޭނުންގެ ފަރާތުން ނުރައްކާތެރި އިންޒާރުތަކާ ކުރިމަތިލާންޖެހޭ ފަހަރުވެސް މަދެއްނޫނެވެ.
އެ ގޮތުން ދާދި ފަހުން ކުޅަދާނަ އެކްޓަރު ވަރުން ދަވަންއަށް މިވަނީ ފޭނެއްގެ ފަރާތުން ބޮޑު އިންޒާރެއް ލިބިފައެވެ. ވަރުންގެ ފޯނަށް މީހަކު މެސެޖު ކުރާތީ އެ މީހާގެ ނަންބަރު ބްލޮކް ކޮށްލުމާ ގުޅިގެން އެ މީހާ ވަނީ އެހެން ނަންބަރަކުން ވަރުންއަށް އުނދަގޫ ކުރަން ފަށައިފައެވެ.
އޭނާ ވަނީ ވަރުން އޭނާއާ ވާހަކަ ނުދައްކައިފިނަމަ އަމިއްލައަށް މަރުވާނެ ކަމުގެ އިންޒާރު ދީފައެވެ. އެކަމުގެ ސަބަބުން ވަރުން މިހާރު ވަނީ އެ މައްސަލަ ފުލުހުންނަށް ވެސް ހުށައަޅާފައެވެ.