10 Nov 2017, 10:54
އާމަންޑަކީ މިއަދު ދިވެހީންގެ މެދުގައިވެސް ވަރަށް މަގްބޫލު އެއްޗެކެވެ. އޮފީހުގައި އިންނަ ވަގުތު ތަކުގައި، ނުވަތަ އެހެން ކޮންމެވެސް އެހެން ކަމަކާ މަޝްޣޫލުވެގެން އިންނަ ވަގުތުތަކުގައި ވެސް އާމަންޑެއް އަނގައި ތެރޭ އޮންނަ ފަހަރު އާދެއެވެ.
ނަމަވެސް ގިނަ މީހުން އެ ބޭނުންކުރަނީ އެއިންވާ ފައިދާއެއް ނޭނގިކަމަށް ވެދާނެއެވެ. އާމަންޑަކީ އެއިން ތިމާގެ ހަށިގަނޑަށް ގިނަ ފައިދާތަކެއް ކުރުވާ އެއްޗަކަށް ވީއިރު އެ ކެއުމުން މީހާގެ ކަށިތައް ވަރުގަދަކޮށްދޭކަން އެނގޭ ހެއްޔެވެ؟
އޭގައި ހިމެނޭ ވިޓަމިންސް އަދި މިނަރަލްސްގެ ސަބަބުން ފީވެފައި ހުންނަ ކަށިތަކަށް ދިރުން ގެނެސްދީ ކަށިތައް ވަރުގަދަ ކުރުމަށް އެހީ ވެދެއެވެ.
ހިތުގެބަލިތަކުން މީހާ ރައްކާތެރިކޮށްދިނުމުގައިވެސް އެހީތެރިވެދޭ، އާމަންޑަކީ ކޮލެސްޓްރޯލް ދަށް ކޮށްދޭ އެއްޗެއްވެސް މެއެވެ. މީހާ ތާޒާވެ ފެޓްސްގެ ބައި ދަށްކޮށްލަދެއެވެ. ހަށިގަނޑު ފަލަވިޔަ ނުދީ އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭ އާމަންޑަކީ ސިކުނޑިއަށް ވެސް ވަރަށް ރަނގަޅު އެއްޗެކެވެ. ސްޓްރެސް ވެފައި ހުންނަ ވަގުތުތަކުގައި އާމަންޑެއް ކާލުމުން ސިކުނޑިއަށް ލުއިކަމެއް ލިއްބައިދޭކަމަށް ވެއެވެ.
ގަވާއިދުން އާމަންޑް ކާނަމަ ކެންސަރު ޖެހުމުން ދުރުކޮށްދީ ހަމުގެ ބަލިތަކުންވެސް މީހާ ދުރުކޮށްދިނުމަށް އެހީތެރިކަން ލިބެއެވެ.
އާމަންޑް ކެއުމުން، ހަންގަނޑަށް ޖެހޭ ނުރައްކާތެރި ބަލިތަކުން ސަލާމަތްކޮށްދޭއިރު ދަތްޕިލަ ވަރުގަދަ ކުރުމަށް ވެސް ހަމަ އާމަންޑް ވަރެއް ނެތެވެ.
އޭގެ އިތުރުން މާބަނޑު އަންހެނުންވެސް އާމަންޑް ބޭނުން ކުރުމަކީ އެދެވިގެންވާ ކަމެކެވެ. އެ ކެއުމުން ބަނޑުގައި އޮންނަ ދަރިފުޅަށް ވެސް ރަނގަޅު ފައިދާތަކެއް ކުރާކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. މާބަނޑު އަންހެނާއަށް ވެސް އެއިން ފައިދާ ކުރުވާ އިރު ބަރުދަން ލުއި ކުރުމަށްވެސް އާމަންޑު އެހީތެރިވެދެއެވެ.
މަސްދަރު: އޯގަނިކް ފެޓްސް