ޒިމްބާބުވޭގެ މައި އެއާޕޯޓްގެ ނަން އެގައުމުގެ ރައީސް ރޮބަޓް މުގާބޭގެ ނަމުން ނަން ބަދަލުކޮށްފިއެވެ. ކުރިން ހަރާރޭ އިންޓަނޭޝަނަލް އެއާޕޯޓްގެ ނަމުން ނަންދީފައިވާ އެ އާޕޯޓަށް މިހާރު ކިޔަނީ ރޮބާޓް ގެބްރިއަލް މުގާބޭ އިންޓަނޭޝަނަލް އެއާޕޯޓެވެ.

އެއާޕޯޓުގެ ނަން ބަދަލުކުރުމަށްޓަކައި މިއަދު ހެނދުނު ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފައެވެ.

ޒިމްބާބުވޭގެ ޓްރާންސްޕޯޓް މިނިސްޓަރު ޖޮރަމް ގަމްބޯ ވަނީ އެގައުމުގައި ވެރިކަން ކުރަމުންދާ ޒަނޫ ޕީއެފް ޕާޓީން އެތައް ފަހަރަކު އެއާޕޯޓްގެ ނަން ބަދަަލުކުރުމަށް ހުށަހަޅައިފައިވާ ކަމަށް ސެޕްޓެމްބަރ މަހު ވިދާޅުވެފައެވެ.

"މުގާބޭއަކީ މުޅި އެފްރިކާގައި ވެސް ވަރަށް ފާހަގަ ކޮށްލެވޭ ޝަހުސިއްޔަތެއް. ސުލްހައަށް މަސައްކަތް ކުރެއްވި ބޭފުޅެއްމުގާބޭގެ ނަމަށް އެއާޕޯޓް ބަދަލުކުރުމަކީ ޒިމްބާބްވޭގެ ރައްޔިތުން އެމަނިކުފާނު ބަލައިގަތުން ކަމަށް އަޅުގަނޑުމެން ދެކެން،" ޖޮރަމް ވިދާޅުވިއެވެ.

އިނގިރޭސިންގެ އަތްދަށުން 1980 ވަނަ އަހަރު ޒިމްބާބުވޭ މިނިވަންވުމަށްފަހު އެގައުމުގައި ވެރިކަން ކުރަމުންދަނީ މުގާބޭއެވެ.