09 Nov 2017, 12:54
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދު ޗީފް ސުޕްރިންޓެންޑެންޓުގެ މަގާމަށް ޑީމޯޓްކޮށްފިއެވެ.
"ސަން" އަށް އެނގިފައިވާގޮތުގައި ޖަމްޝީދުއާ ގުޅޭ މައްސަލައެއް ބެލުމަށްފަހު އޭނާ ޑީމޯޓް ކުރީ މިދިޔަ ހޯމަ ދުވަހުއެވެ.
ޖަމްޝީދު ޑީމޯޓްކޮށްފައިވާއި ވަނީ އިންޓެގްރޭޓެޑް ސާވިސް ކޮމާންޑްގެ ވެރިޔާގެ މަގާމުން އޭނާ ދުރުކޮށް ޕްރޮޖެކްޓްސް އޮފިސަރެއްގެ ގޮތުގައި އައްޑޫ ސިޓީއަށް ފޮނުވާލަން ވަނީ ނިންމާފައިވަނިކޮށެވެ.
އެގޮތަށް ނިންމުމާ އެކު ޖަމްޝީދު ވަނީ ޗުއްޓީ ނަންގަވާފައެވެ. އަދިވެސް އޭނާ ހުންނެވީ ޗުއްޓީގައެވެ.
އިންޓެގްރޭޓެޑް ސާވިސް ކޮމާންޑްގެ ވެރިޔާގެ މަގާމަށް ޖަމްޝީދު އައްޔަންކޮށްފައި ވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ.
ޖަމްޝީދު އިންޓެގްރޭޓެޑް ސާވިސަސް ކޮމާންޑްގެ ވެރިޔާގެ މަގާމަށް އައްޔަން ކޮށްފައިވަނީ 2016 ވަނަ އަހަރު ފުލުހުންގެ ތެރޭގައި ގެނެވުނު ބަދަލުތަކެއްގައެވެ.