04 Aug 2011, 14:09
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް )އެފްއޭއެމް( އިން ކުރީގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން މިހާރު ކުރިއަށްދާ ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗް ވީބީ ސްޕޯޓްސް ކުލަބުން ކާމިޔާބު ކޮށްފި އެވެ.
އޭވައިއެލް އާއި ބައްދަލުކޮށް އިއްޔެ ކުޅުނު މެޗް ވީބީ ކާމިޔާބު ކުރީ 6-0 ލަނޑުން ނެވެ. މެޗްގައި ވީބީއަށް ގޯލްތައް ޖަހާދިން ކުޅުން ތެރިންގެ ތެރޭގައި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ފުރަމުންދާ އަދި ކުރިން ގައުމީ ޓީމާއި ނިއު ރޭޑިއަންޓާއި ވެލެންސިއާ އަދި ވިކްޓަރީ އަށް ކުޅުނު ޝާހު އިސްމާއިލްއާއި ހުސެން އަލީ އެވެ. މެޗްގައި ސާހް ވަނީ ފަސް ލަނޑު ކާމިޔާބު ކޮށްދީފަ އެވެ.
މިއަހަރުގެ މުބާރާތުގައި ޖުމްލަ އަށް ޓީމް ވާދަކުރާ މުބާރާތް ކުރިއަށް ގެންދަނީ ދެ ގްރޫޕަކަށް ބަހާލައިގެން ނެވެ. ގްރޫޕް އެކެއްގައި ހިމެނެނީ ވެލެންސިއާ އާއި މާޒިޔާއާ ވީބީ ސްޕޯޓްސް އަދި އޯލް ޔޫތު ލިންކޭޖް )އޭވައިއެލް( އެވެ. ގުރޫޕް ދޭއްގައި ހިމެނީ ވިކްޓަރީ އާއި ނިއު ރޭޑިއަންޓާއި ކްލަބް އީގަލްސް އަދި ޕޮލިސް ކްލަބެވެ.
މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މުބާރާތުގައި ކޮންމެ ގްރޫޕަކުން ގަދަ ދެ ޓީމުގެ އިތުރުން ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ޓީމާއެކު ޖުމްލަ ފަސް ޓީމު ދެ ވަނަ ބުރަށް ދާނެ އެވެ. އަދި ދެ ވަނަ ބުރުގައި ލީގު އުސޫލުން ފަސް ޓީމު ކުޅެ ސެމީ ފައިނަލަށް ދާނީ ގަދަ ހަތަރު ޓީމެވެ.
މިމުބާރާތުގައި މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ބައްދަލުކުރާ ދެ ޓީމަކީ އީގަލްސް އާއި ޕޮލިހެވެ. މެޗް ފެށުމަށް ހަމަޖެހިފައި ވަނީ 16:40 ގައެވެ.