ދޮންކޭލަކީ ރާއްޖޭގައި ފަސޭހަ ކަމާ އެކީ ލިބެން ހުންނަ މޭވާއެކެވެ. ދޮންކޭލަކީ ވިޓަމިންސް، މިނަރަލްސް ގިނަ އަދަދަކަށް އެކުލެވިގެންވާ މޭވާ އަކަށް ވީއިރު އެއިން އިންސާނާގެ ހަށިގަނޑަށް ހީނުކުރާހާ ބޮޑެތި ފައިދާ ތަކެއް ލިބެއެވެ.

ކަށިތައް ވަރުގަދަ ކޮށްދޭ

އިންސާނާ ހަށިގަނޑުގެ އެންމެ މުހިންމު އެއްބަޔަކީ އޭނާގެ ހަށިގަނޑުގެ އެކިއެކި ގުނަވަންތަކުގައި ހުންނަ ކަށިތަކެވެ. ޒުވާން އުމުރުގަިއވެސް ކަށިތައް ފީ ވުމުގެ ސަބަބުން މީހާ ނިކަމެތިކޮށްލާ ފަހަރުވެސް އާދެއެވެ. ނަމަވެސް ދޮންކޭލަކީ އެ ކެއުމުން ހަށިގަނޑުގެެ ކަށިތައް ވަރުގަދަ ކޮށްދޭ މޭވާ އެކެވެ. މީހާގެ ޒުވާން އުމުރާއެކު މުސްކުޅިވުމުން ވެސް މީހާ ޒުވާންކަމަށް ދައްކައިދޭ މޭވާ އެކެވެ.

ލޮލުގެ ފެނުން ރަގަޅުވޭ

ލޮލަށް ކުރިމަތިވާ މައްސަލަތަކަކީ މިއަދު އާންމު މައްސަލަތަކަށް ވީިއިރު ކޮންމެ މީހަކުވެސް ބަލާނީ އެކަން ޑަކްޓަރީ ބޭހުން ރަގަޅު ކުރެވޭތޯއެވެ. ނަމަވެސް އެއާ ޚިލާފަށް ޑަކްޓަރުގެ ބޭސް ބޭނުން ކުރުމުގެ އިތުރުން ގުދުރަތީ ކާނާ ބޭނުން ކުރުމަކީ އެބަލިން މިހާ އަވަހަށް ސަލާމަތްކޮށްދޭ މީހާ ވަރުގަދަ ކޮށްދޭ ކަމެކެވެ. އެ ގޮތުން ލޮލުގެ ފެނުން ދަށް ވާނަމަ ދުވާލަކު މަދުވެގެން ދެވައް ދޮންކެޔޮ ކެއުމަށް އާދަކުރާށެވެ. އޭގައި ހިމެނޭ މިނަރަލްސްގެ ސަބަބުން މީހާގެ ފެނުން ރަނގަޅުކޮށްދެއެވެ.

ލޭގެ ޕްރެޝަރު ދަށްކޮށްދޭ

ދޮންކޭލަކީ ކޮންމެވެސް ވަރަކަށް އޭގައި ލޮނުގެ ބައި ހިމެނޭ މޭވާއަކަށް ވުމުން އެ ކެއުމުން މީހާގެ ލޭގެ ޕްރެޝަރު ދަށް ކޮށްދެއެވެ. ލޭގެ ޕްރެޝަރު އެއް މިންވަރެއްގައި ހިފަހައްޓައިދިނުމަށް އެހީތެރިވެދޭ އެ މޭވާ ކެއުމުން ސްޓްރޯކް ޖެހުމުގެ ފުރުސަތުވެސް ކުޑަވެއެވެ.

އެނީމީއާ އިން ސަލާމަތްކޮށްދޭ

ދޮންކޭލުގައި ހިމެނޭ ވިޓަމިންސް އެންޑް މިނަރަލްސްގެ ސަބަބުން ހަށިގަނޑުގައި ރެޑް ބްލަޑް ސެލްސް އިތުރުކޮށްދީ ހަށިގަނޑުގެ ތެރޭގައި ހިމޮގްލަބިންގެ ބައި ގިނަ ކޮށްދެއެވެ. އޭގެ ސަބަބުން އެނީމިއާ ޖެހުމުން މީހާ ދުރުކޮށްދެއެވެ.

މަޢުލޫމާތު: އޯގަނިކް ފެކްޓްސް