09 Nov 2017, 09:30
އާންމުންގެ މެދުގައި ވަރަށް މަގުބޫލު ޝޯއެއް ކަމަށްވާ އެމެރިކަން އައިޑޮލްގެ ސީޒަން 16 އަންނަ މާޗް މަހުގެ 11 ވަނަ ދުވަހު ފެށުމަށް ހަމަޖެހިއްޖެއެވެ.
ޝޯގެ ހޯސްޓް ރަޔަން ސީކްރެސްޓް ބުނީ ޝޯވް ދެއްކުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރުވަމުން އަންނަ ކަމަށާއި މި ފަހަރު ވެސް ބެލުންތެރިންނަށް ކަމުދާ ޝޯވް އެއް ގެނެސްދޭނެކަމުގެ ޔަގީންކަން ދޭކަމަށެވެ.
ރިޔަލިޓީ ޝޯވް އެމެރިކަން އައިޑޮލްގެ މި ސީޒަންގެ ޖަޖުންގެ ތެރޭގައި ހިމެނެނީ ކޭޓީ ޕެރީ، ލައިނަލް ރިޗީ އަދި ލޫކް ބްރަޔަން އެވެ.
އެ ޝޯވް ކުރިން ފޮކްސް އިން ދެއްކި ކަމުގައި ވީނަމަވެސް މިފަހަރު އެ ޝޯވް ދެއްކުމަށް ހަމަޖެހިފައިވަނީ އޭބީސީ ނެޓްވާކުންނެވެ.
އެމެރިކަން އައިޑޮލްގެ ސީޒަން 15 ކާމިޔާބުކޮށްފައި ވަނީ ޓްރެންޓް ހާމަން އެވެ.
ތަފާތު ހިއްގައިމު ކަންތައްތަކެއް މިފަހަރުގެ ޝޯވް އިން ފެންނާނެކަމަށް އެމެރިކަން އައިޑޮލްގެ ޓީމުން ބުނެއެވެ.