ދައުލަތުގެ ގިނަ އޮފީސްތަކެއް ހިންގަމުންދާ ވެލާނާ ބިލްޑިންގެ އަށް ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީ އެ އިމާރާތުގެ ވެއިޓިން އޭރިއާގައި ކަރުދާސްތަކެއް އެއްކޮށްފައި ހުރި ފޮށިގަނޑެއްގައި ކަމަށެވެ.

އިތުބާރު ހުރި ފަރާތަކުން "ސަން"އަށް ކިޔައިދިން ގޮތުގައި އެ ފޮށިގަނޑުގައި އަލިފާން ރޯވާން ދިމާވި ސިނގިރޭޓް ބޮއިފައި، ސިނގިރޭޓް ބުރިއެއް އެ ފޮށިގަނޑަށް އެއްލާލުމުންނެވެ.

ވެލާނާ ބިލްޑިންގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން އެތަނުގައި ފުލުހުން ވެސް ހަރަކާތްތެރިވަނީ--- ސަން ފޮޓޯ/ މުއާވިޔަތު އަންވަރު

އެ ފޮށިގަނޑުގައި އަލިފާން ރޯވުމުން ދުމުގެ އަސަރުކޮށްގެން ވެލާނާ ބިލްޑިންގެ ސެކިއުރިޓީ ގާޑަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ސިފައިން އަލިފާން ނިއްވާލުމުން، ފުލުހުންގެ ތަހުގީގީ ޓީމަކާއި ފޮރެންސިކް ޓީމަކުން ވަނީ ވެލާނާ ބިލްޑިއަންއަށް ވަދެފައެވެ.

އެ ހާދިސާގައި އިމާރާތަށް ގެއްލުމެއްވެފައެއް ނުވެ އެވެ. ހާދިސާ ހިނގިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ވަނި އަލިފާން ނިއްވާލާފަ އެވެ.