04 Aug 2011, 13:39
މެންޗެސްޓާ ސިޓީ ދޫކޮށް ދާން ބޭނުންވެފައިވާ އެކްލަބްގެ ކެޕްޓަން ކާލޮސް ޓެވޭޒަށް ޗުއްޓީ ހޭދަކުރުމަށް އިތުރު ދުވަސްކޮޅެއް އެކްލަބްގެ ކޯޗް ރޮބާޓޯ މަންޗިނީ ދިނުމުން މެންޗެސްޓާ ސިޓީ އަންނަ އާދީއްތަ ދުވަހު މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗްގައި ޓެވޭޒެއް ނުފެންނާނެ އެވެ.
އުމުރުން 27 އަހަރުގެ ފޯވާޑަށް ޗުއްޓީ ހޭދަކުރުމަށް ފަހު މިއަދު އެނބުރި މެންޗެސްޓާ ސިޓީއަށް އައުމަށް އޮތްނަމަވެސް އެކްލަބްގެ ކޯޗް މަންޗިނީ ވަނީ ޓެވޭޒަށް އާއިލާއާ އެކު ވަގުތު ހޭދަކުރުމަށް އިތުރު ދަސްކޮޅެއް ދީފަ އެވެ.
ޓެވޭޒްގެ ޗުއްޓީ އިތުރުކޮށްދިނުމުން ޓެވޭޒް އެނބުރި މެންޗެސްޓާ ސިޓީއަށް އެނބުރި އަންނާނެ ކަމަށް ބެލެވެނީ އަންނަ ހޯމަ ދުވަހު އެވެ. މެންޗެސްޓާ ސިޓީ ފަރިތަކުރުމަށް އެމެރިކާއަށް ކުރި ދަތުރުގައި ބައިވެރިނުވުމުގެ އިތުރުން އިއްތިހާދު ސްޓޭޑިއަމްގައި އިއްޔެ އޮތް ފަރިތަކުރުންތަރުންތަކުގައި ވެސް ޓެވޭޒް ބައިވެރިވެފައެއް ނުވެ އެވެ.
ޖޫން މަހު ޓެވޭޒް މެންޗެސްޓާ ސިޓީއަށް ޗުއްޓީއެއް ހޭދަކޮށްލުމަށް ވެސް ނާންނާނެ ކަމަށް ބުނިނަމަވެސް 40 މިލިޔަން ޕައުންޑަށް ބްރެޒިލްގެ ކޮރިންތިއަންސްއިން ގެންދަން އުޅުން ނަމަވެސް ބްރެޒިލްގެ ޓްރާންސްފާ ޕީރިއަށް ހަމަވުމުން އެކަން ވާގޮތްނުވެ ޓެވޭޒްއަށް ވަނީ މެންސިޓީގައި މަޑުކުރަން ޖެހިފަ އެވެ.
"ޓެވޭޒަށް މިހާރުވާނީ ޗުއްޓީ އިތުރުކޮށްދީފައި. ކޮޕާ އެމެރިކާއަށް ފަހު 21 ދުވަސް ދުވަސް ޓެވޭޒްއަށް ވަނީ ދެވިފައި." މެންޗެސްޓާ ސިޓީގެ ތަރުޖަމާނެއް ބުންޏެވެ.
އިންޓަމިލާން އިން ޓެވޭޒް ހޯދުމަށް މަސައްކަތްކުރަމުންދާކަމަށް ރިޕޯޓްތަކުން ބުނެއެވެ. ނަމަވެސް ރަސްމީގޮތަކަށް އަގެއް ހުށަހަޅާފައިވާކަމެއް އެނގިފައެއް ނުވެއެވެ. އިންޓަރމިލާންގެ ވެސްލޭ ސްނައިޑާ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާ ނަމަ އިންޓަމިލާނަށް ޓެވޭޒް ގެންދިއުމަށް އެކްލަބުން އިތުރު މަސައްކަތަކެއް ކުރާނެކަމަށް ބެލެވެއެވެ.
މެނޗެސްޓާ ސިޓީގެ ކެޕްޓަންކަން މިދިޔަ ސީޒަންގައި އަދާކުރި ކާލޮސް ޓެވޭޒްއަތުން އަންނަ ސީޒަންގައި ކެޕްޓަން ބޭންޑް އަތުލާނެކަމަށް ބެލެވެ އެވެ. އެކްލަބްގެ ކެޕްޓަންކަން އަދާކުރުން އެންމެގާތީ ޑިފެންޑާ ވިސެންޓް ކޮމްޕެނީ އެވެ. ކޮމްޕެނީވަނީ އެކްލަބު އެންމެ ފަހު އެމެރިކާގައި ކުޅުނު އެކުވެރިކަމުގެ މެޗްތަކުގައި ވެސް ކެޕްޓަންކަން އަދާކޮށްފަ އެވެ.