09 Nov 2017, 08:25
ކޮންމެ ދުވަހަކު ހެނދުނު އޮފީހަށްދާން ފޯނު އެލާމަށް ލާފައި ނިދަނީ ފުރަތަމަ އެލަމާއެކުު ތެދުވަން ނިޔަތް ގަނެގެންނެވެ. އެކަމަކު ކަން ވަނީ އެހެންނެއް ނޫން ދޯއެވެ. އެލާމުގެ އަޑާއެކު ކަންފަތުގައި ބާލީސް އަޅައި އަނެއް ފަރާތަށް އެނބުރެނީ އެލާމް "ސްނޫޒް" ކޮށްލުމަށްފަހު އެވެ. އަދި އިތުރު ދިހަވަރަކަށް މިނެޓް ނިދާލުމަށެވެ.
މީހާ ނިދާފައި އޮންނަ އިރު ބޮޑީ ޓެމްޕަރޭޗާ ދަށްވެ އެވެ. ހެނދުނު ހޭލާ ގަޑި ކައިރިވާވަރަކަށް، ބޮޑީ ޓެމްޕަރޭޗާ ނޯމަލް ވާން ފަށައެވެ. އެކަށީގެންވާ ވަރަށް ނިދި ނުލިބޭނަމަ، ހަށިގަނޑުގެ ފިނި ހޫނުމިނަށް އަންނަ ބަދަލުގެ ކުރިން އެލާމްވާން ފަށައެވެ. ނަތީޖާއެއްގެ ގޮތުން ތާޒާކަން ގެއްލި މަސައްކަތް ކުރާހިތް ވެސް ކެނޑެއެވެ.
ސްނޫޒް ވާން ފެށުމުން ތެދުވަން އޮތުމަކީ، ފުރަތަމަ އެލާމާއެކު ތެދުވުމަށްވުރެ ގެއްލުން ހުރި ކަމެކެވެ. އެއީ ސިކުނޑިއަށް ވެސް އޭގެ އަސަރު ކުރާނެ ކަމެކެވެ. އެލާމް ކަނޑާލުމަށްފަހު ނިދަން އޮންނައިރު، ސިކުނޑި އަނެއްކާވެސް ތައްޔާރުވަނީ "ބޮޑު ނިދި ގަނޑަކަށެވެ." ސްނޫޒަށް ލާފައި އަނެއްކާ ނިދަން އޮށޯންނަތާ އިރުކޮޅެއްތެރޭ އެލާމްވާން ފަށާނެއެވެ. ސިކުނޑި ނިންޖަށް ތައްޔާރުވެފައިވަނިކޮށް ދުވަހުގެ މަސައްކަތަށް ތައްޔާރުވުމަށް އަރާމު ނިދިން ހޭލަން ޖެހުމުން ލޮޑުކަން އިހްސާސްވާނެއެވެ.
އެލާމް ސްނޫޒަށްލައި އަލުން ނިދަން އާދަކުރާ މީހުން އެ އާދަ ހުއްޓާލަން އެބަޖެހެއެވެ. ރޭގަނޑު ކުރިން ނިދަން އާދަ ކޮށް، ހެނދުނު ހޭލަން އާދަކުރެވިދާނެ އެވެ. އެލާމަކާ ނުލައި ހޭލަން ވެސް އާދަކުރެވިދާނެއެވެ. އެލާމް ކްލޮކް ނޫނީ ފޯނު ތަންކޮޅެއް ދުރުގައި ބާއްވާފައި ނިދާށެވެ. އެލާމް ކަނޑާލަން އެނދުން ތެދުވާއިރު ނިދި ފިލަން ފަށާނެއެވެ.