08 Nov 2017, 13:00
ބޮލީވުޑްގެ ޑައިރެކްޓަރު ކަލްޕާނާ ލަޖްމީ އަށް ޖެހިފައިވާ ކިޑްނީގެ ކެންސަރުގެ ސަބަބުން މީހާގެ ހާލަތު ގޯސްވެ، އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.
އަންގާރަ ދުވަހުގެ ހެނދުނު އޭނާގެ ހާލަތު އިތުރަށް ގޯސްވުމުގެ ސަބަބުން ހޮސްޕިޓަލަށް ދިޔުމުން އޭނާ ވަނީ އިމަޖެންސީ ހާލަތުގައި ފަރުވާ ދޭން ފަށައިފަ އެވެ.
ހިތުގެ ހިނގުން ދަށްވެގެން އުނދަގޫތަކެއް ކުރިމަތިވާތީ ހޮސްޕިޓަލަށް އޭނާ ގެންދިޔަ އިރު އޭނާ އަންނަނީ ޑައިލެސިސް ހެދުމަށް ބޮލީވުޑްގެ ތަރިންގެ ފަރާތުން ލިބެމުންދާ ފައިސާގެ އެހީއަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށް ބުނެފަ އެވެ.
އުމުރުން 61 އަހަރުގެ ކަލްޕާނާއަށް ކެންސަރު ޖެހިފައިވާ ކަން އެނގުނީ މީގެ ތިން އަހަރު ކުރިންނެވެ.
"ޑަމަރް"، "ޑަރްމިޔާ"، "ރުޑާލީ" އަދި "އޭކް ޕަލް" ފަދަ ރީތި ފިލްމުތަކެއް އޭނާ ވަނީ ބެލުންތެރިންނާ ހަމައަށް ގެނެސްދީފަ އެވެ.