09 Nov 2017, 09:05
ކްރޭންބެރީ ޖޫހަކީ އެއިން ތިމާގެ ހަށިގަނޑަށް ގިނަ ގުނަ ފައިދާ ތަކެއް ކުރުވާ ޖޫހެކެވެ.
ކްރޭންބެރީ ޖޫހަކީ ގިނަ ބަޔަކަށް ނުބައި ޖޫހަކަށްވިޔަސް އެ ޖޫހަކީ ގިނަ ބަލިތައް ޖެހުމުން ތިމާގެ ހަށިގަނޑު ދުރުކޮށްދޭ، ބައްޔެއް ޖެހުމުން އެ ބަލިތަކުން މީހާ ސަލާމަތްކުރުމަށް މުހިއްމު ރޯލެއް އަދާ ކުރާ އެއްޗެކެވެ.
ޔޫރިން އިންފެކްޝަނުން މީހާ ސަލާމަތްކޮށްދޭ
އާންމުކޮށް ގިނަ ބަޔަކަށް މިއަދު ދިމާވެފައިވާ އެއްކަމަކީ ޔޫރިން އިންފެކްޓް ވުމުގެ މައްސަލައެވެ. ދުވާލަކު މަދުވެގެން ކްރެންބެރީ ޖޫސް ތަށްޓެއް ބޯލުމުން އިންފެންޝަނުން މީހާ ސަލާމަތްކޮށްދެ އެވެ. ކްރޭންބެރީ ޖޫސް ބުއިމުން ސެލްތައް ރަނގަޅަށް މަސައްކަތް ކުރުމަށް މަގުފަހިވެގެންދެ އެވެ. ދަށްބަޑުކޮޅުގައި ރިއްސާފައި ހުންނަ ރިއްސުންތަކުން ލުއި ކޮށްދެ އެވެ. ޑަކްޓަރީ ބޭސް ބޭނުން ކުރުމުގެ އިތުރުން ވެސް އެކަމުން ސަލާމަތްވުމަށް އެ ޖޫހުގެ އަޖުމަ ބަލައިލުން ރަނގަޅު ވާނެއެވެ.
ހިތުގެ މައްސަލަތަކުން ދުރުކޮށްދޭ
ކްރޭންބެރީ ޖޫހުގެ ސަބަބުން ހިތުގެ ބަލިތަކުން މީހާ ރައްކާތެރިކޮށްދެ އެވެ. އެ ޖޫހުގެ ސަބަބުން ކޮލެސްޓްރޯލް ލެވެލް އެއްވަރެއްގައި ހިފަހައްޓައިދޭ އިރު ލޭ ދައުރުވުން ރަނގަޅުކޮށްދެއެވެ.
ދަތްތަކަށް ފަރުވާ އެއް
ދަތް ފަނި ކެއުމުން ދުރުކޮށް ދީ، ދަތްތަށް ސާފުކޮށް ހުދުކޮށް ބެހެއްޓުމަށް ކްރޭންބެރީ ޖޫސް ވަރަށް އިސް ރޯލެއް އަދާކުރެ އެވެ. ދަތްތަކުގައި ހުންނަ ނުރައްކާތެރި ބެކްޓީރިއާއިން މީހާ ދުރުކޮށްދެއެވެ.
ކެންސަރުން ދުރުކޮށްދޭ
ކެންސަރު ޖެހުމުން މީހާ ދުރުކޮށްދޭ އިރު ހަށިގަނޑުގައި ހުންނަ ސެލްސްތައް ރަނގަޅަށް ހެދި ބޮޑުވުމަށް ވެސް ކްރެންބަރީ ޖޫސް އެހިތެރިކޮށްދެއެވެ. ބްލަޑް ވެސެލްސް ތަކުގައި އުފެދޭ ކުދި ކުދި ޓިއުމަރުތަކުން މީހާ އެއްކޮށް ސަލާމަތްކޮށްދެއެވެ.
ފަލަ ވުމުން ދުރުކޮށްދޭ
ކްރޭންބެރީ ޖޫހުގައި ހިމެނޭ އޯގަނިކް އެސިޑް އޭ ކިޔާ މާއްދާގެ ސަބަބުން ހަށިގަނޑުގައި ހިމެނޭ ބޭކާރު ފެޓްސްގެ ބައިތަށް ނައްތައިދެއެވެ. އަދި ބަރުދަން ލުއިކޮށްދިނުމަށް އެހީތެރިވެއެވެ.
ކްރޭންބެރީ ޖޫހަކީ އެތަކެއް ބައްޔެއްގެ ޝިފާ ކަމުގައި ވާއިރު އެ ޖޫހަކީ ނުބޮއި ދޫކޮށްލެވޭވަރުގެ ޖޫހެއް ނޫނެވެ. އެ ޖޫހުގެ ވެސް އަޖުމަ ބަލައިލާށެވެ.
މަޢުލޫމާތު: އޯގަނިކް ފެކްޓްސް