09 Nov 2017, 09:09
'ދަބަންގް 3'ގެ ޝޫޓިންގް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ފިލްމުގައި ހަރަކާތްތެރިވާ ކުޅަދާނަ ބަތަލާ ސޮނާކްޝީ ސިންހާ ބުނެފިއެވެ.
ސޮނާކްޝީ ބުނީ، ޝޫޓިންގް އަންނަ އަހަރުގެ މެދު ތެރޭ ފެށުމަށް ކުރިން ހަމަޖެހިފައިވީ ނަމަވެސް ފިލްމް ރިލީޒްކުރުން އަވަސް ކުރަން ބޭނުންވާތީ ފިލްމްގެ ޝޫޓިންގް އަވަސްކޮށްލީކަމަށެވެ.
މިހާރު ދަނީ ސްކްރިޕްޓްގެ އެންމެ ފަހުގެ މަރުހަލާކަމަށް ވެސް އޭނާ ބުންޏެވެ.
ސަލްމާން ހާން އާއި ސޮނާކްޝީ ސިންހާ ފިލްމުން ފެނިގެންދާކަން ޔަގީންވި ނަމަވެސް ދެން ފިލްމުގައި ހަރަކާތްތެރިވާނެ ފަންނާނުންނެއް އަދި ޔަގީނެއް ނޫނެވެ.
"ދަބަންގް"ގެ ފުރަތަމަ ފިލްމު ރިލީޒް ކޮށްފައި ވަނީ 2010 ވަނަ އަހަރު އެވެ. އެއަށް ފަހު 2012 ވަނަ އަހަރު 'ދަބަންގް 2' ރިލީޒް ކުރި އެވެ.
ފަސް އަހަރުގެ މެދު ކެނޑުމަކަށް ފަހު "ދަބަންގް 3"ގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި ފިލްމްގެ މަސައްކަތް ލަސްވަމުން އައީ އަމިއްލަ ކަންތައްތަކާ ހެދި ކަމަށް ފިލްމް ޑައިރެކްޓަރު އަރްބާޒް ޚާން ބުންޏެވެ.