ސުޝާންތު ސިންގް ރާޖްޕުތު އަދި ސާރާ އަލީ ޚާން ލީޑު ރޯލުން ފެނިގެންދާ ފިލްމު 'ކޭދަރްނާތު' ރިލީޒް ކުރާނީ އަންނަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުގައި ކަމަށް އެ ފިލްމްގެ ޓީމުން ބުނެފިއެވެ.

ފިލްމު ރިލީޒް ކުރަން ހަމަޖެހިފައި އޮތީ އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. ނަމަވެސް ފިލްމުގެ ބައެއް މަންޒަރުތައް އަލުން ނަގަން ނިންމައި، އަންނަ އަހަރުގެ ޑިސެމްބަރު މަހަށް ފިލްމް ފަސްކޮށްލީކަމަށް ޓީމުން ބުންޏެވެ.

އަބީޝެކް ކަޕޫރު ޑައިރެކްޓްކުރާ މި ފިލްމުގައި ދައްކަނީ އިންޑިއާގެ ހިސާބެއްގައި ހިނގާ ފެންބޮޑުވުމުގެ ހާދިސާއެކެވެ.

ސާރާ މި ފިލްމުގައި ކުޅެނީ ވަރަށް މުއްސަނދި ފަތުރުވެރިއެއްގެ ރޯލެވެ. އަދި ފިލްމުގައި ސުޝާންތް ކުޅެނީ ދަތުރުވެރިންގެ ފޮށިތަންމަތި އުފުލައިދޭ މީހެއްގެ ރޯލެވެ.

ފިލްމްގެ ޝޫޓީންގެ ބޮޑު ބައެއް މިހާރު ނިމިފައިވާކަމަށް ޓީމުން ބުނެއެވެ.

އެކްތާ ކަޕޫރުގެ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ އެ ފިލްމަކީ ސާރާ ބޮލީވުޑަށް ތައާރަފުވާ ފިލްމެވެ. އެހެންކަމުން ސާރާގެ ހުނަރު ބަލައިލުމަށް ކެތްމަދުވެފައި ތިބި މީހުންނަށް މި ޖެހުނީ އިތުރު އިންތިޒާރެއް ކުރާށެވެ.