07 Nov 2017, 22:28
ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި ސައުދީގެ ޕްރިންސެއް އަވަހާރަވި ހާދިސާއަށް 24 ގަޑިއިރު ނުވެ އުޅެނިކޮށް ސައުދީގައި އަނެއްކާ ވެސް ޕްރިންސަކު އަވަހާރަވެއްޖެ އެވެ.
އަލް އިއްތިހާދު ނޫހުން ބުނި ގޮތުގައި އަވަހާރަވެފައި ވަނީ ޕްރިންސް އަޒީޒެވެ. އޭނާއަކީ ސައުދީގެ ކުރީގެ ރަސްގެފާނު ފަހުދް ބިން އަބްދުލް އަޒީޒް އަލް ސައުދުގެ ދަރިކަލުންނެވެ. އަވަހާރަވި އިރު އޭނާގެ އުމުރަކީ 44 އަހަރެވެ.
އިއްތިހާދު ނޫހުން ބުނީ އޭނާ އަވަހާރަވީ ކިހިނެއް ކަމެއް ޝާހީ އާއިލާއިން ހާމަކޮށްފައިނުވާ ކަމަށެވެ.
އިންޑިއާ ޓުޑޭ ނޫހުން ބުނި ގޮތުގައި އޭނާ ވަނީ އިއްޔެ ހައްޔަރުކޮށްފަ އެވެ. ބައެއް މީޑިއާތަކުން ބުނި ގޮތުގައި ޕްރިންސް އަވަހާރަވީ އޭނަ ހައްޔަރުކުރަން އުޅުމުގެ ތޭރެގައި ބަޑިން ދިން ހަމަލާތަކަށް ފަހު ހޮސްޕީޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
އަޒީޒް އަވަހާރަވި މައްސަލަ ސަމާލު ކަމަށް އެންމެ ފުރަތަމަ އައީ ކުރީގެ އެފްބީއައިގެ އޭޖެންޓެއް ކަމަށްވާ އަލީ ހުސެއިން ސަފްވާން ކުރި ޓްވީޓަކާ ގުޅިގެންނެވެ.
Abdul Aziz is confirmed dead. He was 44 years old. Earlier, Mansour son of the former crown prince Muqrin was also declared dead.https://t.co/IsUyU896o4
— Ali H. Soufan (@Ali_H_Soufan)November 5, 2017
އަވަހާރަވި އަނެއް ޕްރިންސަކީ ސައުދީގެ ކުރީގެ ވަލީއަހުދު މުގްރިން ބިން އަބްދުލް އަޒީޒުގެ ދަރިކަލުންނެވެ. ވަލީއަހުދުގެ މަގާމުން މުގްރިން ވަނީ 2015 ދުރުކުކޮށްފަ އެވެ. އަވަހާރަވި އިރުު ޕްރިންސް މަންސޫރު ދިޔައީ ސައުދީގެ އާސިރު ޕްރޮވިންސްގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ފުރުއްވަމުންނެވެ.
ދެ ޕްރިންސުން އަވާހަރަވި އިރު ސައުދީގެ މިހާރުގެ ވަލީއަހުދު މުހައްމަދު ސަލްމާން ބިން އަލް ސައުދު ވަނީ ކޮރަޕްޝަނުގެ ތުހުމަތުގައި 11 ޕްރިންސަކާ އެކު ހަތަރު މިނިސްޓަރުން ހައްޔަރުކޮށްފަ އެވެ.