ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން ހުށަހަޅާފައިވާ ބޭފުޅުންނާ އެކު އާއްމު ހިއްސާދާރުންގެ ފަރާތުން ކުރިމަތިލާފައިވާ ބޭފުޅުން އެ ބޭންކުން އާއްމުކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ އެބޭންކުގެ 28 ވަނަ ޖަލްސާގައި ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން އައްޔަން ކުރުމަށް ހަމަޖައްސާފައި ވަނީ އަށް ބޭފުޅުން ކަމަށެވެ. އަދި އެބޭފުޅުންނަކީ މ. ނައިބުގޭ ޑޮކްޓާ އަބްދުﷲ ޝިހާމް ހަސަން އާއި ބޭންކްގެ ސީއީއޯގެ މަގާމުގައި ހުންނެވި މިސްޓާ ޕީޓާ ހޯލްޓަން އާއި އެބޭންކުގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރުގެ މަގާމުގައި މިހާރު ވެސް ހުންނެވި މ. ތާނގިދޮށުގޭ އައިޝަތު ނޫރައްދީން އާއި އެބޯޑުގެ މެންބަރެއްގެ ގޮތުގައި ހުންނެވި މއ. އަނޫމާ، މުހައްމަދު ޖައިޝް އިބްރާހިމް އާއި އެބޯޑުގެ މެންބަރު މ. ސީނުކަރަންކާގޭ، އާދަމް އާޒިމާއި ބޯޑުގެ މެންބަރު ގ. އަތަ، ހަސަން މުޒްނީ މުހައްމަދާއި ބޯޑުގެ މެންބަރު ހ. މީރުބަހުރުގޭ، ނުހާ މުހައްމަދު ރިޒާ އަދި ހ. އަނދުންގޭ، ހުސެއިން ޝަހީމް ކަމަށެވެ.

މީގެއިތުރުން ސަރުކާރާއި ރައްޔިތުން ބައިވެރިވާ ބޭންކަށް އާއްމު ހިއްސާދާރުންގެ ފަރާތުން ހޮވުމަށް ހަމަޖައްސާފައިވާ ތިން ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލައްވާފައިވާ ހަތަރު ބޭފުޅުންނަކީ ބޯޑުގެ މެންބަރެއްގެ ގޮތުގައި ހުންނެވި މއ. ޓިއުލިޕްވިލާ، މުހައްމަދު އަބްދުއް ސައްތާރާއި އެބޯޑުގެ މެބްބަރު ގ. އުފާ އަހުމަދު މުހައްމަދާއި ބޯޑުގެ މެބްބަރު ނ. ހޮޅުދޫ، ނެލުމް އިބްރާހިމް މުހައްމަދު އަދި ދަފްތަރު އަބްދުﷲ ނިސާމް އެވެ.

ބީއެމްއެލްގެ 28 ވަނަ އަހަރީ ޖަލްސާ ބޭއްވުމަށް ހަމަޖައްސާފައި ވަނީ އަންނަ ބުދަ ދުވަހުގެ ރޭ ނަސަންދުރާ ޕެލަސް ހޮޓެލްގަ އެވެ.