ކުރިކެޓް އެ ސޯސިއޭޝަންގެ އޮފީސް ފަޅާލައި އެތަނުގެ ތެރޭ ހުރި އިލެކްޓްރޯނިކް ސާމާނުތަކަކާއި ފައިސާތަކެއް ވަގަށް ނަގައިފި އެވެ.

ކުރިކެޓް އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް އިމާދު އިސްމާއިލް މިއަދު ވިދާޅުވީ އެ އެސޯސިއޭޝަންގެ އޮފީސް ބައި ފަޅާލައިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކަމަށެވެ.

އަދި އެ އޮފީސް ތެރޭގައި ހުރި ލެޕްޓޮޕަކާއި ތިން ކެމެރާ އާ ދެ ހާޑް ޑިސްކްގެ އިތުރުން ބޭރުފައިސާތަކަކާއި ދިވެހި ރުފިޔާތަކެއް ވަގަށް ނަގާފައިވާ ކަމަށެވެ. އިމާދު ވިދާޅުވީ އޮފީސް ތެރެއަށް ވަދެފައި ވަނީ ކުޑަ ދޮރަކުން ކަމަށެވެ.
ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް އަހުމަދު ޝިޔާމު މިއަދު ވިދާޅުވީ ފުލުހުންނަށް އަދި އެ މައްސަލަ ރިޕޯޓްކޮށްފައި ނުވާ ކަމަށެވެ.

ކުރިކެޓް އެސޯސިއޭޝަން ފަޅާލި މިއީ ތިން ވަނަ ފަހަރެވެ.