07 Nov 2017, 15:57
މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)ގެ މެނެޖިންގ ޑިރެކްޓަރަކަށް މ. ރިވެލިގެ މުހައްމަދު ޝަފާއު ހަސަން އައްޔަނު ކުރައްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޝަފާއު އެމަގާމަށް އައްޔަނު ކުރީ މިއަދު ކަމަށެވެ.
ޝަފާއު މީގެ ކުރިން ހުންނެވީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ހެޑް އޮފް މާކެޓިން އެންޑް ކޯޕަރޭޓް އެފެއާޒްގެ މަގާމުގައެވެ. ދިރާގު އަދި އެމްއެމްއޭ ގައިވެސް ޝަފާއު މީގެ ކުރިން މަސައްކަތް ކުރެއްވިއެވެ.
އެމްއާރްޑީސީގެ އެމްޑީގެ މަގާމުގައި، ކުރިން ހުންނެވީ މުހައްމަދު ނިމާލެވެ. އެމަގާމުން ނިމާލް ޖޫން 21 ވަނަ ދުވަހުއެވެ.
ނިމާލްގެ އިސްތިއުފާއާ ގުޅިގެން، މިހާތަނަށް އެމްއާރްޑީސީ ހިންގެވުމާ ހަވާލުވެހުންނެވީ އެކްޓިން މެނޭޖިންގ ޑިރެކްޓަރު އަޙްމަދު މަމްދޫޙެވެ.