މިހާރު ދިވެހި މުނިފޫހިފިލުވުމުގެ ދާއިރާގައި އެންމެ ބާރަށް ދެކެވޭ ވާހަކައަކީ ކާމިޔާބު ޕްރޮޑިއުސަރު ފާތިމަތު ނަހުލާ (ނަހޫ)ގެ އެންމެ ފަހުގެ ފިލްމު "ބޮސް"ގެ ވާހަކައެވެ. ފިލްމް ސްކްރީނަށް ގެނައިތާ ހަފްތާއެއް ވެފައިވާއިރު ފިލްމަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

8 ސެޕްޓެމްބަރ 2017: "ބޮސް"ގެ ޓްރެއިލަރ އަދި ލަވަތަކުގެ އޯޑިއޯ ރިލީޒްކުރުމަށް ސޯލްޓް ކެފޭގައި ބޭއްވި ހަފްލާގެތެރެއިން----ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ބޮސްގެ ލަވަތަކަށް ލިބޭ ތަރުހީބުވެސް ކުޑައެއް ނޫނެވެ. ދިވެހި ލަވައަށް ލޯބިކުރާ މީހުންގެ މެދުގައި އެންމެ މަގުބޫލު އެޕްލިކޭޝަން "ލަވަފޮށި" ގައި ވެސް މިހާރު އެންމެ މަގުބޫލީ ބޮސްގެ ލަވަތަކެވެ.

"ލަވަތައް ޕަބްލިޝް ކުރީއްސުރެ އެންމެ ގިނަ ބަޔަކު އަޑު އަހަނީ މި އަލްބަމް. އަޅުގަނޑުމެންގެ ކަލެކްޝަންގައި ވަރަށް ގިނަ ދިވެހި ލަވަތައް އުޅޭނެ. މިހާރު އެންމެ ކުރީގައި މިއުޅެނީ ހަމަ ބޮސް ގެ ލަވަތައް،" ލަވަފޮށީގެ ފަރާތުން ވަހަކަދެއްކި އޮފިޝަލަކު ސަން އަށް ބުންޏެވެ.

"އަޅުގަނޑުމެން ބޭނުން ނަހޫއަށްވެސް ޝުކުރު އަދާކުރަން ދިވެހި މިއުޒިކަށް މި ދޭ ކޮންޓްރިބިއުޝަންއަށް."

8 ސެޕްޓެމްބަރ 2017: "ބޮސް"ގެ ޓްރެއިލަރ އަދި ލަވަތަކުގެ އޯޑިއޯ ރިލީޒްކުރުމަށް ސޯލްޓް ކެފޭގައި ބޭއްވި ހަފްލާގެތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދިވެހި ފިލްމު ބޮސްގައި ޖުމްލަ އަށް ލަވަ ހިމެނެއެވެ. މި ހުރިހާ ލަވައަކީވެސް އަމިއްލަ ރާގުގެ ލަވަތަކެވެ. ބޮސްގެ ލަވަތަކާ ގުޅެގޮތުން ފިލްމުގެ ޕްރޮޑިއުސަރު ނަހުލާ މީގެ ކުރިން ބުނީ ދިވެހި އަމިއްލަ ރާގުގެ ލަވަތަކަށް ދިވެހިން ލޯބިކުރާ ވަރު މިހާރު ފެންނަމުން އަންނަ ކަމަށެވެ. ފިލްމުގެ ލަވަތަކަށް ލިބޭ ތަރުހީބު އޭގެ ހެއްކެއްގެ ގޮތުގައި ނަހޫ ފާހަގަ ކުރިއެވެ.

ބޮސްގެ ބައެއް ތަރީންނާއި ޕްރޮޑަކްޝަން ޓީމް -- ފޮޓޯ: ކްރިސްޓަލްއެންޓަޓެއިންމެންޓް

ބޮސްގެ ލަވަތައް ކިޔާދީފައިވަނީ ތޭރައާއި ކުޑައިއްބެގެ އިތުރުން މާއިން ރަޝީދު، ރާފިޔަތު ރަމީޒާ، ފާތިމަތު އަޝްފާ، އަދި މޯލްޑިވިއަން އައިޑަލްއިން ވިދާލި ޝަލަބީ އިބްރާހިމާއި، އަހްމަދު ނަބީލް އަދި ހަމޫދެވެ.

ލަވަފޮށި އަކީ ދިވެހި ލަވައަށް ލޯބިކުރާ މީހުން ލަވައަޑުއަހަން ބޭނުންކުރާ އެޕްލިކޭޝަންއެވެ.