ލ. ގަމުގައި ހިނގި މާރާމާރީއެއްގައި ދެ މީހަކު ޒަޚަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ އެކަން އިތުރަށް ބަލަމުން އަންނާތީ އިތުރު ތަފްސީލު ދެވެން ނެތް ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ މާރާމާރީ ހިނގާފައި ވަނީ އަންގާރަ ދުވަހުގެރެ އެވެ.

ގަމުން ވާހަކަ ދެއްކި މީހަކު ބުނީ މަތިމަރަދޫގައި ހަދާފައިވާ ފިނި މައިޒާނެއް ކައިރީ ހިނގި މާރާމާރީއެއްގައި އެކެއްގެ ބޮލަށާއި އަތަށް އެކިވަރުގެ ޒަޚަމްތައް ލިބިފައިވާ ކަމަށެވެ. އަދި އަނެއް މީހާގެ އަތަށް ވެސް އެކިވަރުގެ ޒަޚަމްތައް ލިބިފައިވާ ކަމަށެވެ.