ދިވެހިރާއްޖޭގައި ބާއްވާ ހަމައެކަނި އެނުއަލް މެޑިކަލް އެގްޒިބިޝަން "މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯ 2017" ގެ މި ނޮވެންބަރު 09 ވާ ބުރާސްފަތި ދުވަހު ނޭޝަނަލް އާޓްގެލެރީގައި ފަށާނެއެވެ.

މިއަހަރުގެ އެކްސްޕޯވެސް ބާއްވަނީ ކުރީ އަހަރެކޭ އެއްފަދައިން އެމްވީ މެޑިކަލްސް އާއި އިންޑިޔާގެ މެޑްލައިފް އޭޝިއާ ގުޅިގެންނެވެ. އެ އެކްސްޕޯ އާޓްގެލައީގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާނެއެވެ.

އެމްވީ މެޑިކަލްސްއިން ބުނީ މި އެކްސްޕޯ ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ސިއްހީ ދާއިރާއިން ލިބެންހުރި ހިދުމަތްތަކަށް މުޖުތަމައު ހޭލުންތެރި ކުރުވުން ކަމަށެވެ. އަދި ސިއްހީ ރަނގަޅު އާދަތަށް މުޖުތަމައުއަށް އަންގައިދޭނެ ފަސޭހަ ގޮތްތަކެއް ހޯދައި ދިނުން ކަމަށެވެ.

އޭގެ އިތުރުން ރާއްޖެއާއި މި ރީޖަންގައި ލިބެންހުރި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތަށް ހޯދާނެގޮތާމެދު އާންމުން އަހުލުވެރި ކުރުވުމާއި، ސިއްހީ ދާއިރާގައި މަސައްކަތްކުރާ ވިޔަފާރިތަކަށް އެފަރާތްތަކުގެ ވިޔަފާރި ކުރިއެރުވުމަށް ހުރި ފުރުސަތުތަށް ދެނެގަތުމަށް އެހީތެރިވެދިނުންވެސް މި އެކްސްޕޯގެ މަގުސަތުގެ ތެރޭގައި ހިމެނޭ ކަމަށް އެމްވީ މެޑިކަލްސްއިން ބުންޏެވެ.

އެމްވީ މެޑިކަލްއިން ބުނީ، މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަށްވެސް ބައިވެރިވާ ކަމަށެވެ. އަދި އެފަރާތްތަކުން ދޭ ސިއްހީ ޚިދުމަތްތަކާއި ވިއްކާ ޕްރޮޑަކްޓްސްތަކުގެ މަޢުލޫމާތު ވިޔަފާރިތަކަށާއި އާންމު ފަރުދުންނަށް ފޯރުކޮށްދިނުމަށް ލިބޭނެ ރަނގަޅު ފުރުސަތަކަށް އެ އެކްސްޕޯ ވެގެންދާނެކަމަށްވެސް އެމްވީ މެޑިކަލްސްއިން ބުންޏެވެ.

މޯލްޑިވް މެޑިކަލް އެންޑް ހެލްޓް އެކްސްޕޯގައި ބައިވެރިވާ ފަރާތްތައް

  • ބެންކޮކް ހޮސްޕިޓަލް
  • ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަން (ޝީ)
  • ޕްރަޝާންތް އިންފަޓިލިޓީ ހޮސްޕިޓަލް
  • މާސްޓަރ ޑެންޓަލްސް
  • ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)
  • މިނިސްޓްރީ އޮފް ހެލްތް
  • މޯލްޑިވްސް ރެޑް ކްރަސެންޓް
  • އެން.ޔޫ ހޮސްޕިޓަލް
  • ގަންގާ ހޮސްޕިޓަލް
  • ޗެންނާއީ ޕްލާސްޓިކް ސާޖަރީ
  • ދަ ކްލިނިކް
  • އޮމްނިކްރިސް
  • އެލީޒާ މެޑިކަލް ސެންޓަރ
  • ފިޒިއޯ ކްލިނިކް
  • ދަކްލިނިކް
  • އިމޭޖްސެންޓަރ

އާންމުންނަށް ހުޅުވާލައިގެން ހިލޭ ވަދެވޭ ގޮތަށް ކުރިއަށް ގެންދާ މި އެގްޒިބިޝަނަށް ވަޑައިގަންނަވާ ފަރާތްތަކަށް ސިއްހީ ދާއިރާއާއި ގުޅޭ ވަރަށްގިނަ މައުލޫމާރު ލިބިގެންދާނެއެވެ.