ކްރިކެޓް ބޯޑުން އިންތިޒާމްކޮށްގެން ބޭއްވި އޯޕަން ޓޭޕް ބޯލް މުބާރާތުގެ ދެ މެޗް އިއްޔެ ވެސް ކުޅެވުނެވެ. އެގޮތުން ފުރަތަމަ މެޗް ސީއީސީ ފްރެންޑްސްއާ ބައްދަލުކޮށް ހަތް ވިކެޓުން ކާމިޔާބުކުރީ ބެލެންޑްގެ ޓީމް އެވެ. ދެ ވަނަ މެޗް ޔޫވީ ފްރެންޑްސްއާ ބައްދަލުކޮށް އަށް ވިކެޓުން ކާމިޔާބު ކުރީ މިލާން ކްރިކެޓް އެކަޑަމީ ޓީމެވެ.

ފުރަތަމަ މެޗް ޓޮސް ލިބިގެން ސީއީސީ ފްރެންޑްސް ކުޅެންއަރާ އަށް އޯވަރުގެތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 61 ލަނޑުހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ އަށް ލަނޑު ހެދި އަރީފެވެ. ޖަވާބުގައި ބެލެންޑް ކުޅެންއަރައި އެންމެ ކުޅުންތެރިއެއް ނުބައިވެގެން 66 ލަނޑުހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 32 ލަނޑުހެދި ޖިލްވާޒް ރަޝީދު އެވެ.

ދެ ވަނަ މެޗް ޓޮސް ލިބިގެން ޔޫވީ ފްރެންޑްސް ކުޅެންއަރާ ދެ ކުޅުންތެރިން ނުބައިވެގެން 94 ލަނޑުހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 31 ލަނޑުހެދި މުޙަންމަދު ފަރީސް އެވެ. ޖަވާބުގައި މިލާން ކުޅެންއަރާ ފަސް އޯވަރުގެތެރޭގައި އެއްވެސް ކުޅުންތެރިއެއް ނުބައިނުވެ 95 ލަނޑުހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 30 ލަނޑުހެދި އަހްމަދު ޝާހިދުއާއި 28 ލަނޑުހެދި ޝަފްރާޒް ޖަލީލް އެވެ.

މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗްގައި ބައްދަލުކުރާ ދެ ޓީމަކީ މަޖިލިސްޓީއާ އެލިމެންޓްސް ފެސަން އަދި ދެ ވަނަ މެޗްގައި އެންކާ ލިލީއާ މިރާޒްގެ ޓީމެވެ. މިއަދުގެ މެޗްތައް ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 16:10 ގައެވެ. ކުޅުން ކުރިއަށް ދާނީ ކުޅިވަރު އެކުއެނީ އެއްނަންބަރު ދަނޑުގަ އެވެ.