މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން މުޅިން އަލަށް އިންތިޒާމްކޮށްގެން ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ޒުވާނުންގެ ފެސްޓިވަލް "ޒަވިޔަނި ޔޫތު ފެސްޓިވަލް 2017" މި މަހުގެ 18 ވާ ހޮނިހިރު ދުވަހުގެ ހަވީރު ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މި ފެސްޓިވަލަށް ދެވިފައިވާ ދިވެހި ނަމަކީ "ޒުވާނުންގެ ތަހުވާރު" އެވެ. އަދި މިއީ ޤައުމީ ޒުވާނުންގެ ދުވަސް ކަމުގައިވާ 17 ނޮވެމްބަރ ދުވަހާއި ގުޅިގެން ޒުވާންނަށް ޚާއްސަކޮށް ދެވޭ ހަދިޔާއެއް ކަމަށް ޔޫތް މިނިސްޓްރީން ބުނެއެވެ.

ޒުވާނުންގެ ތަހުވާރުގައި ބައިވެރިވުމުގެ މުއްދަތު މިރޭ 10 ޖަހާއިރަށް ހަމަވާއިރު މި ތަހުވާރުގައި ޒުވާން ވިޔަފާރިވެރިންނާއި، ޒީނަތްތެރިވުމުގެ ދާއިރާއާއި، ޅެންވެރިކަމާއި ލިޔުންތެރިކަމުގެ ދާއިރާއި، ކުރެހުމައި ތަފާތު ފަންނުވެރިކަމާއި އަދި ކެއްކުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ޒުވާނުން ފެނިގެންދާނެއެވެ.

މީގެ އިތުރުން ފޮޓޯ އަދި ވީޑިއޯ ނެގުމުގެ ދާއިރާއާއި، އަތްތެރި މަސަތްކަތާއި، ތައުލީމާއި، ކަސްރަތާއި ކުޅިވަރު، އަދި ޚާއްސަކޮށް މޫދު ކުޅިވަ ރު ގެ ދާއިރާއިން ރާއްޖޭގައި ފާހަގަކޮށްލެވޭ ޒުވާނުންގެ އިތުރުން މުޅިން އާ ޒުވާން މޫނުތަކެއް ފެނެނިގެންދާނެއެވެ.

މި ފެސްޓިވަލުގެ މައިގަނޑު މަޤްސަދަކީ އެކިއެކި ދާއިރާތަކުން ކުރިއަރާ އަދި ކުރި އަރަމުން އަންނަ ޒުވާނުންގެ ހުނަރުވެރިކަން ދައްކާލުމުގެ ފުރުސަތުތައް ތަނަވަސްކޮށްދީ އެއް ވިއުގައެއްގެ ތެރޭގައި ހުރިހާ ޒުވާނުން ބައްދަލުކޮށް ތައަރާފްވުމެވެ. އަދި ޒުވާން ފަންނުވެރިންނާއި ޒުވާނުންގެ އުފެއްދުންތައް މާކެޓްކޮށް ޒުވާނުންގެ މަސައްކަތްތަކަށް އާމްދަނީ ލިބޭނެ މަގުތައް ފަހިކޮށްދިނުމެވެ.

ޒަވިޔަނި ޔޫތު ފެސްޓިވަލް އަންނަ އަހަރުވެސް ބާއްވާގޮތަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ވަނީ ނިންމާފައެވެ.