އެވަކާޑޯ އަކީ ޑައިޓްތަކުގައި އުޅޭ މީހުންނާ ހަށިގަނޑަށް ބަލައިގެން ކެއުން ކުރިއަށް ގެންދާ މީހުންގެ މެދުގައި މަގުބޫލު އެއްޗެކެވެ. ކެއުމުގައި ބޭނުން ކުރާ އެއްޗެއްގެ އިތުރުން މިއީ އިތުރު ބޭނުންތަކެއް ކުރެވިދާނެ، ފައިދާހުރި މޭވާއެކެވެ.

1. ބޮލުން ހަންފޮޅުން ހުއްޓުވާދޭ:އެވަކާޑޯގެ އޮށަކީ ގިނަ ސިއްހީ ފައިދާތަކެއް އެކުލެވޭ އެއްޗެކެވެ. މި އޮށް ކެރެޓް ގާނާ ކަހަލަ އެއްޗަކުން ގާނާށެވެ. ކާސްޓާ އޮއިލް އާ އެއްކޮށްލުމަށް ފަހު އެއް ދުވަސް ވަންދެން ބަހައްޓާ ބޮލުގައި އުނގުޅާށެވެ. ގަޑިއިރެއް ވަންދެން ބެހެއްޓުމަށް ފަހު ދޮވެލާނީ އެވެ. މިއީ ބޮލުން ހަންފޮޅުން ހުއްޓުވުމަށް އޮތް ހައްލެކެވެ.

2. ދުވަސްވުމުން ކުރިމަތިވާ މައްސަލަތަކަށް ހައްލެއް:އުމުރުން ދުވަސް ވުމުން ކުރިމަތިވާ ބައެއް ސިއްހީ މައްސަލަތަކުގެ ހައްލުވެސް އެވަކާޑޯ އިން ލިބިދެ އެވެ. އެގޮތުން ލޮލުގެ ފެނުން ދަށްވުން ކުޑަކޮށްދޭ މާއްދާތައް އެވަކާޑޯގައި އެކުލެވޭ ކަމަށާއި މި މޭވާ ކާ މީހުން އުމުރުން ދުވަސްވަމުންދާއިރު ލޮލުގެ ފެނުން ފުސްވުން ފަދަ މައްސަލަތަކުން ދުރުކޮށްދޭނެ ކަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ.

3. ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދޭ:އެވަކާޑޯގައި އެކުލެވޭ ބީ6 ވިޓަމިންގެ ސަބަބުން ކޮލެސްޓްރޯލް ލެވެލް މަތި ވިޔަނުދީ ހިފަހައްޓަ އެވެ. އަދި ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދެ އެވެ.

4. ހަންގަނޑު އުޖާލާކޮށްދޭ:އެވަކާޑޯއަކީ ގިނަ ވިޓަމިންތަކެއް އެކުލެވޭ މޭވާއެކެވެ. ވިޓަމިން ސީ އަދި ވިޓަމިން އީގެ ސަބަބުން ގައިގެ ހަންގަނޑު އުޖާލާކޮށްދީ ތާޒާކަން މަތީ ބަހައްޓައިދެ އެވެ.

5. ބަރުދަން ލުއިކޮށްދޭ:ކުރިން ވެސް ބުނިހެން ޑައިޓްތަކުގައި އުޅޭ މީހުންގެ މެދުގައި އެވަކާޑޯ އަކީ މަގުބޫލު މޭވާއެކެވެ. މިއީ ހަކުރު ނުހުންނަ މޭވާއެކެވެ. އެވަކާޑޯގައި އެކުލެވޭ ފައިބާ އަކީ އަވަހަށް ބަނޑު ފުރިއްޖެ ކަން އިހުސާސްކޮށްދޭ މާއްދާއެކެވެ. މިއީ ކަސްރަތުކޮށް ނިމިގެން ކާލަން ރަނގާޅު މޭވާއެއް ވެސް މެ އެވެ.