22 May 2010, 05:19
10:00
ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ޝާހްރުކްހާން އަންނަ މަހު މާލޭގައި ޝޯއެއް ދޭ ގޮތަށް ހަމަޖައްސައިފި އެވެ.
އަމިއްލަ ތިން ކުންފުންޏެއް ކަމުގައިވާ އެނެކްސް މޯލްޑިވްސް އާއި އާޓް ސޮލިއުޝަން އަދި މޯލްޑިވްސް ސުވިމިން އެންޑް ލައިފް ޓްރޭނިން ސްކޫލުން އިންތިޒާމްކުރާ މި ޝޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންަ މަހުގެ 6 ވާ އާދިއްތަ ދުވަހުގެ ރެ އެވެ. މި ޝޯ އޮންނާނީ އެމްޑީޕީ ހަރުގޭގެ އިރުމައްޗަށް އޮންނަ މުނިސިޕަލްޓީގެ ގާއަޅާ ކޮށީގައި ކަމަށް ޝާހް ރުކްހާން ޝޯގެ އިވެންޓް އޯގަނައިޒަރެއް ކަމުގައިވާ މުހައްމަދު ޝިޒްލީން ވިދާޅުވި އެވެ.
"މެގަމިއުޒިކްގެ" ނަމުގައި ބާއްވާ ޝާހްރުކްހާންގެ ޝޯގެ ޓިކެޓެއްގެ އަގަކީ 800 ރުފިޔާ އާއި 1،000 ރުފިޔާ ކަމަށާއި އެ ޝޯގައި ރާއްޖޭގެ މަޝްހޫރު ބައެއް ފިލްމީ ތަރިންނާއި ނެށުންތެރިންގެ ހަރަކާތްތައް ފެނިގެންދާނެ ކަމަށް ވެސް ޝިޒްލީން ވިދާޅުވި އެވެ.