މާބަނޑު ދުވަސްވަރަކީ މައިމީހާ އާއި ދަރިފުޅުގެ ސިއްހަތަށް ބަލައިގެން ކެއުމުގެ ކަންތައް ކުރިއަށް ގެންދަންޖެހޭ ދުވަސްވަރެކެވެ. މި ދުވަސްވަރު މައިމީހާގެ ކެއުން ބަހައްޓަންޖެހޭނީ ވަކި އިމެއްގެ ތެރޭގައެވެ. ބައެއް ކަހަލަ މީރު ކާއެއްޗެހި ކެއުމުން ދުރުވަންވެސް ޖެހޭނެއެވެ.

މިދުވަސްވަރު ކާންވީ އެއްޗެއްސާ ނުކާންވީ އެއްޗެހި އެނގިފައި އޮތުމަކީ މައިމީހާ އާއި ދަރިފުޅުގެ ސިއްހަތަށް ކޮންމެހެންވެސް މުހިއްމު ކަމެކެވެ.

ޗީޒް:ޗީޒްގައި ހިމެނޭ ބައެއް މާއްދާތަކުގެ ސަބަބުން ފުޑް ޕޮއިޒަނިން އަށް މަގުވަހިވެދާނެއެވެ. މާބަނޑުމީހުންގެ ދިފާއީ ނިޒާމު ބަލިކަށިވުމުގެ ސަބަބުން ޗީޒްގައި ހުންނަ ބެކްޓީރިއާ އާ ހަނގުރާމަ ކުރުމުގެ ބާރެއް ނުހުންނާނެއެވެ. ފުރަތަމަ ޓްރައިމިސްޓަގައި ޗީޒް ކެއުމާ ދުރުވުަށް ބޮޑު ސަމާލުކަމެއް ދޭންޖެހެއެވެ. އެހެންނޫންނަމަ ބައިގެން ދިޔުން ފަދަ ކަމެއް ދިމާވެދާނެއެވެ.

ބިސް/ އެއްގަމު މަސް:މިއީވެސް ބަނޑުގައިވާ ދަރިފުޅަށް ނުރައްކާވެދާނެ ބެކްޓީރިއާ އެކުލެވޭ ކާނާއެވެ. ބިސް އަދި އެއްގަމު މަސް ކާންވާނީ ރީތިކޮށް ރޯ ފިލުވައިގެންނެވެ. ބިހަކީ ޕްރޮޓީން އެކުލެވޭ އެއްޗަކަށް ވުމުން ބިސް ނުކާށޭ ބުނެ ޑޮކްޓަރު ލަފާނުދީފާނެއެވެ. މި ދުވަސްވަރު ސޮފްޓް ބޮއިލްޑް އެގްސް ކެއުމުން ދުރުވާށެވެ. އެއްގަމު މަސް ކާނަމަވެސް އެއްކޮށް ރޯ ފިލުވައިގެން ކެއުމަށް ސަމާލުކަން ދޭށެވެ.

ސީފުޑް:އޮއިސްޓާ، ސޫޝީ ފަދަ އެއްޗެހި ކެއުމަކީ މާބަނޑު ދުވަސްވަރު ރައްކާތެރިކަމެއް ނޫނެވެ. މި ދުވަސްވަރު ކަނޑުމަހުގެ ބާވަތްތައް ކެއުން މަދުކޮށްލުންވެސް ރަނގަޅުވާނެއެވެ.

ކޮފީ:ކެފެއިން އަކީ ލޭގެ ޕްރެޝަރު މަތި ކުރުވާއެއްޗެކެވެ. މިއީ މާބަނޑު ދުވަސްވަރު ސިއްހަތަށް ނޭދެވޭ އަސަރު ކުރުވާނެ ކަމެެކެވެ. ކެފެއިންގެ ސަބަބުން ހަށިގަނޑަށް ކުރާ އަސަރު މައިމީހާއަށް ކޮންޓްރޯލު ކުރެވުނު ނަމަވެސް ބަނޑުގައިވާ ދަރިފުޅަށް އޭގެ ސަބަބުން ކުރާ އަސަރު ކޮންޓްރޯލެއް ނުކުރެވޭނެއެވެ.

މަސްދަރު: ހެލްތްޑައިޖެސްޓް