މާލޭގައި އަލުން އިމާރާތްކުރަން ތަޅަމުން ދިޔަ ތިން ބުރީގެ އިމާރާތެއް އަރިއަޅާލައިފި އެވެ.

އަރިއަޅާލާފައި ވަނީ ހެންވޭރު ދަގަނޑުތަޅާގެ އެވެ.

ތަޅަމުންދަނިކޮށް އެ އިމާރާތް އަރިއަޅާލުމުން، އަރިއަޅާލި ބައި ވެއްޓިދާނެތީ ވަލެއް އައްސައި ވަނީ ހިފަހައްޓާފައެވެ.

އެ ސަރަހައްދުގައި ހަރަކާތްތެރިވި ބައެއް މީހުން ބުނީ އެ އިމާރާތް ތަޅާލަމުން ދިޔައީ މަގު ބަންދުނުކޮށް ކަަމަށެވެ. އަރިއަޅާލުމުން އެ އިމާރާތާ ކައިރި ގެތަކުގައި ދިރިއުޅޭ މީހުން ވަނީ ފުލުހުންނަށް އެކަން ރިޕޯޓުކޮށްފައެވެ.

ފުލުހުން ވަނީ އެ ސަރަހައްދު ބަންދުކޮށް، އެ މަސައްކަތް ހިނގާގޮތް ބެލުމަށްޓަކައި އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވެއެވެ.