05 Nov 2017, 15:09
ޓޮޓެންހަމް އަކީ ދުނިޔޭގެ އެންމެ މޮޅު ކުލަބް ކަމަށާއި އެ ކުލަބުގައި މަޑު ކުރަން ބޭނުން ކަމަށް މައުރިސިއޯ މޮޗެޓީނޯ ބުނެފި އެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގައި މިދިޔަ ބުދަ ދުވަހު ވަރުގަދަ ރެއާލް މެޑްރިޑް 1-3 އިން ބަލިކުރި މެޗަށް ފަހު ޓޮޓެންހަމްގެ ކޯޗު ޕޮޗެޓީނޯ ރެއާލްގެ ކޮޗު ކަމަށް ގެންދަން އުޅޭ ކަމުގެ ހަބަރުތަކެއް ވަނީ ފެތުރިފަ އެވެ. ނަމަވެސް ޕޮޗެޓީނޯ ބުނީ ޓޮޓެންހަމް އަކީ އޭނާ އަށް އެންމެ މުހިންމު ކުލަބު ކަމަށާއި އެހެންކަމުން އެ ކުލަބު ދޫކޮށް ދިއުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
"އަހަރެންނާއި ޓޮޓެންހަމް އާ ދެމެދު އޮންނަނީ ވަރަށް ގާތް ތެދުވެރި ގުޅުމެއް. މިއަދު އަހަރެންގެ ސިކުނޑީގައި އޮތީ 100 ޕަސެންޓް ޓޮޓެންހަމް. ދުނިޔޭގެ އެހެން ވަޒީފާ އަކަށް ޓަކައި އަހަރެން ޓޮޓެންހަމް ދޫކޮށެއް ނުލާނަން." ޕޮޗެޓީނޯ ބުންޏެވެ.
އޭނާ ބުނީ ޓޮޓެންހަމް އަކީ އޭނާ އާ ދޭތެރޭ ވަރަށް ރަނގަޅަށް ކަންތައް ކުރާ ކުލަބެއް ކަމަށާއި އޭގެ ބަދަލު އޭނާ ހެޔޮގޮތުގައި އެ ކުލަބަށް ދޭން ބޭނުންވާ ކަމަށެވެ.
"އަހަރެން މި ކުލަބަށް އައި އިރު ގިނަ މީހުން ބުނަމުން ދިޔައީ ކުލަބުގެ ޗެއާމަން ޑެނިއަލް ލެވީ އަކީ އެހާ ގުޅުން ރަނގަޅު މީހެއް ނޫނޭ. ނަމަވެސް މިއަދު އަހަރެން ކެރިގެން ހުރެ ބުނަން އޭނާ އަކީ ވަރަށް ރަނގަޅު މީހެކޭ." ޕޮޗެޓީނޯ ބުންޏެވެ.
ސައުޕޭމްޓަން އަށާއި އެސްޕަނިޔޯލް އަށް ކުރިން ކޯޗުކަން ކޮށްދީފައިވާ ޕޮޗެޓީނޯ ވަނީ މިދިޔަ އަހަރުގެ މެއި މަހު އޭނާ އާއި ޓޮޓެންހަމް އާ ދެމެދު ހަދާފައިވާ ކޮންޓްރެކްޓް އާ ކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން އޭނާ ޓޮޓެންހަމްގައި 2021އާ ހަމައަށް މަޑު ކުރާނެ އެވެ.