ބޭނުންވާ ތަކެތި

450 ގ. ދަޅު އަލަނާސި
1 ޕެކެޓް ރާސްބެރީ ޖެލީ
2 / 1 1 ޖޯޑު ކިރު
1 ސައިސަމުސާ ހަކުރު
2 މޭޒުމަތީ ސަމުސާ ކަސްޓަރޑް ޕައުޑަރ
2 /1 ސައިސަމުސާ ވެނީލާ އސެންސް
4 / 3 ޖޯޑު ކްރީމް
2 / 1 1 މޭޒުމަތީ ސަމުސާ ހަކުރު
8 މާރީ ބިސްކޯދު

ތައްޔާރުކުރާނެ ގޮތް

ޖެލީކޮޅު 2 ޖޯޑު ހޫނުފެނަށް ގިރުވާލާފައި ކުޑަކޮށް ހިހޫވީމާ އަލަނާސިދަޅުގެ 1 ޖޯޑު ސިރަޕް އެއަށް އެއްކޮށްފައި އެތެރެ ފުން ތަށްޓަކަށް ޖެލީ ދެބައި ކުރުމަށްފަހު އެއްބައި އަޅާފައި މަތީގައި އަލަނާސި ފޮތިތައް އަތުރާފައި ސެތްކުރަން ފުރިޖްގައި ބަހައްޓާށެވެ. ދެން ކަސްޓަރޑްކޮޅު ބައި ޖޯޑު ފިނިކިރުގައި ގިރާލާށެވެ. ބާކީހުރި ކިރާއި ހަކުރު އެއްކޮށްފައި ކައްކަން އުދާލާށެވެ. ކެކިގަތީމާ ގިރާފައި ހުރި ކަސްޓަރޑް ކޮޅު އެއްކޮށްފައި ރޯފިލުމުން ސެޓް ކުރަން ބެހެއްޓި ތަށީގެ މަތީފައި މިކަސްޓަރޑް ފަތުރާލާފައި މަތީގައި ބިސްކޯދު ފަތުރާލާފައި އަނެއްފަހަރު ސެޓް ކުރަން ފްރިޖަށް ލާށެވެ. ސެޓްވީމާ ނަގާފައި ޓްރޭއަކަށް އަނެއްފުށަށް ޖަހާށެވެ. ހޫނުފެނުގައި 10 ސިކުންތުވަރަކަށް ބަހައްޓާފައި ފުށުންޖީމާ ނައްޓަން ފަސޭހަވާނެއެވެ. މިޕުޑިން އަވަހަށް ސެޓްކުރަން ބޭނުންނަމަ ފްރީޒަރަށްލާށެވެ