05 Nov 2017, 11:59
ބިންހިއްކުމަށްޓަކައި، ޗައިނާއިން މުޅި އޭޝިއާގައި ވެސް އެންމެ ބޮޑު ޑްރެޖަރު ނުވަތަ "ޖައްރާފް" ބަނދެފިއެވެ. މި ދެންނެވި ކޮންނަ ބޯޓުގެ ފަރުމާކުރުންތެރިޔާ އެ އުޅަނދު ސިފަކޮށްފައިވަނީ " މެޖިކް އައިލެންޑް މޭކާ'އެއްގެ ގޮތުގައެވެ.
އެ "ޖައްރާފާ" ބަނދެ ނިމުމަށްފަހު ޗައިނާގެ ޖިއަންގްސޫ ޕްރޮވިންސްގެ ކިޑޮންގްގައި މިދިޔަ ހުކުރު ދުވަހު ވަނީ ޖައްރާފު އިފްތިތާހު ކޮށްފައެވެ. 140 މީޓަރު ދިގު އަދި 27.8 މީޓަރު ފުޅާ އެ "ޖައްރާފާ" އަކީ ދާދި ފަހުން އެމްޓީސީސިން ބަން "މަހާ ޖައްރާފް" އަށް ވުރެ މާބޮޑު އުޅަނދެކެވެ. އެމްޓީސީސީން ބަން "ޖައްރާފާ"ގެ ދިގުމިނުގައި 92.95 މީޓަރު ހުންނައިރު ފުޅާމިނުގައި 16.30 މީޓަރު ހުރެއެވެ.
ޗައިނާގެ "ޖައްރާފާ"އަށް ގަޑިއިރެއްގެ ތެރޭގައި 35 މީޓަރު އަޑިން 6000 ކިއުބިކް މީޓަރުގެ ވެލިނެގުމުގެ ކުޅަދާނަކަން ލިބިފައި ވެއެެވެ. އަދި ކަނޑު އަޑީގައި ހުންނަ ބޮޑެތި ގާތައް ފުނޑުފުޑުކޮށް އޭގެ އަޑިން ވެލި ނެގުމުގެ ކުޅަދާނަ ކަންވެސް އެ ކޮންނަ ބޯޓަށް ލިބިފައި ވެއެވެ.
ޗައިނާގެ ބައެއް މީޑިއާތަކުން ބުނާގޮތުގައި އަލަށް ބަން އެ ޖައްރާފާ އަކީ އެގައުމުގެ ދިފާއީ ކަންކަމަށް އުފުއްދި އުޅަނދެކެވެ. ދެކުނު ޗައިނާގެ ކަނޑުގައި ޗައިނާއިން ރަށްތަކެއް ހަދަމުންދާއިރު އެ ހިސާބުގެ މިލްކުވެރިކަމަށް ފިލިޕިންސް އަދި ވިއެޓްނާމުން ވެސް ދަނީ ދައުވާކުރުމަންނެވެ. ގިނަ މާހިރުން ދެކޭގޮތުގައި މިއީ ޗައިނާއިން އެ ސަރަހައްދުގައި މިލިޓަރީ ބޭސް އެއް ހެދުމަށް ހިއްކަމުންދާ ރަށްތަކެެކެވެ.
China has launched Asia's largest and most advanced cutter-suction dredger to further enhance the nation's capability in land reclamation.pic.twitter.com/U9zbjtbAOo
— China Daily (@ChinaDailyUSA)November 4, 2017
ޗައިނާގެ ބިޔަ ޖައްރާފާ މިދިޔަ ހުކުރު ދުވަހު އިފްތިތާހު ކުރިކަމުގައި ވިޔަސް ޓެސްޓް ތައް ކުރުމަށް ފަހު ބިންހިއްކުމަށް ނެރޭނީ އަންނަ އަހަރުގެ ހޫނު މޫސުމުގައެވެ.