05 Nov 2017, 00:24
ޅ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ހުސެއިން ސަސްޕެންޑް ކޮށްފި އެވެ.
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މުހައްމަދު ހުސެއިން ސަސްޕެންޑް ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ޅ. އަތޮޅު ނައިފަރު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޝާހިދު އަބްދުﷲ ސަން އަށް ވިދާޅުވީ، އެލްޖީއޭ އިން އަތޮޅު ކައުންސިލްގެ ރައީސް ސަސްޕެންޑް ކުރީ ތިން މަސް ދުވަހުގެ މުއްދަތަށް ކަމަށެވެ.
އޭނާ ސަސްޕެންޑް ކުރިކަން ޔަގީން ވީ ނަމަވެސް ސަސްޕެންޑް ކުރި ސަބަބެއް އަދި ސާފެއް ނުވެ އެެވެ.
ސަސްޕެންޝަނުގައި ހުންނަ އިރު، އެ މުއްދަތުގައި ލިބެންޖެހޭ މުސާރަ އާއި އިނާޔަތެއް ނުލިބޭނެ އެވެ.
އެނގިފައިވާ ގޮތުގައި ކައުންސިލްގެ ރައީސް ސަސްޕެންޑް ކުރުމަށްފަހު އެ މަޤާމުގެ މަސްއޫލިއްތު ހަވާލުކޮށްފައި ވަނީ، ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ޝިމާއުއާ އެވެ.
ޅ. އަތޮޅު ކައުންސިލްގެ ރައީސް ސަސްޕެންޑް ކޮށްފައިވާ އިރު، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހއ. ދިއްދޫ ކައުންސިލުގެ ރައީސް މުހައްމަދު ހާޝިމް ވެސް ވަނީ އެވެ. އޭނާ ސަސްޕެންޑް ކޮށްފައި ވަނީ ހައުސިން މިނިސްޓްރީން އާއްމު ނުކުރާ މައުލޫމާތުތަކެއް ހާމަކުރި މައްސަލައެއްގަ އެވެ.