ރ.އިންނަމާދޫގައި ގުރޫޕަކުން އަންހެން ކުއްޖަކު ރޭޕް ކުރުމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ރޭ އިރާކޮޅު އިންނަމާދޫގައި އަންހެންކުއްޖަކާ މެދު ބަދުއަޚްލާގީ ޢަމަލު ހިންގި ކަމުގެ ތުހުމަތުގައި ފަސް މީހަކު އެރަށުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ސަން އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ގުރޭޑް 10 ގައި ކިޔަވަމުން އަންނަ އެ އަންހެން ކުއްޖާ ރޭޕް ކޮށްލާފައި ވަނީ ފަޅުގެއެއްގެ ތެރެއަށް ގެންގޮސްގެނެވެ. އަދި އެކަމުގައި އެ އަންހެން ކުއްޖާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކުއްޖާ ވެސް ހިމެނޭ ކަމަށް އިންނަމާދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އޭނާ ބުނީ އެކުއްޖާއަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ.