ކޯޕަރޭޓް މޯލްޑިވްސް އަދި ކޯޕަރޭޓް މޯލްޑިވްސްގެ އެޑްވައިޒަރީ ޕާޓްނަރު، ސީޓީއެލް ސްޓްރެޓެޖީސް އިން މޯލްޑިވްސް ގޯލްޑް 100 ގާލާ ނޮމިނޭޝަނަށް ނަން ހުށަހެޅުމަށް ރަސްމީކޮށް ހުޅުވާލައިފި އެވެ.

ރާއްޖޭގެ ވިޔަފާރި އަދި ހޮސްޕިޓާލިޓީ މެގަޒިންއެއް ކަމަށްވާ ކޯޕަރޭޓް މޯލްޑިވްސް އިން ފާހަގަކުރަމުންދާ ރާއްޖޭގެ އެންމެ ކާމިޔާބު 100 ވިޔަފާރިއަށް ނަން ހުށަހެޅުމަށް ރަސްމީކޮށް ހުޅުވާލާފައި ވަނީ މިމަހުގެ ދެ ވަނަ ދުވަހުގަ އެވެ. ނަމަވެސް އޭގެ ކުރިން ނުރަސްމީކޮށް ސެޕްޓެމްބަރު މަހުގެ 24 އިން ފެށިގެން ގޯލްޑް 100 އަށް ނަން ހުށަހެޅުމަށް ކޯޕަރޭޓް މޯލްޑިވްސް އިން ހުޅުވާލާފައިވެ އެވެ.

ކޯޕަރޭޓް މޯލްޑިވްސް އިން ވަނީ ގޯލްޑް 100 އަށް ނަން ހުށަހެޅުމުގެ ފުރުސަތު ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފަ އެވެ. އަދި އެންމެ ކާމިޔާބު 100 ވިޔަފާރި އިއުލާން ކުރުން އޮންނާނީ ކޯޕަރޭޓް މޯލްޑިވްސް އިން އަންނަ އަހަރުގެ ފެބްރުއަރީ މަހުގައި ބާއްވާ ގޯލްޑް 100 ގާލާގަ އެވެ.

ކޯޕަރޭޓް މޯލްޑިވްސް އިން ބުނީ، ރާއްޖޭގެ އެންމެ ކާމިޔާބު 100 ކުންފުނި ހޮވުމުގެ ކަންތައް ކުރިއަށްދާނީ ދެ ފުށްފެންނަ، އިންސާފުވެރި ގޮތަކަށް ކަމަށާއި ގޯލްޑް 100ގެ ގޮތުގައި ހޮވާ ކުންފުނިތައް ވެގެންދާނީ ރާއްޖޭގެ އެންމެ ކާމިޔާބު 100 ކުންފުންޏަށް ކަމަށެވެ. އަދި 100 ކުންފުނި އިއުލާނ ްކުރާނީ ކުންފުނިތަކުގެ ކާމިޔާބީގެ މިންވަރަށް ވަނަ ދީގެން ނޫން ކަމަށާއި ކުންފުނިތައް އިއުލާނ ްކުރާނީ އިނގިރޭސި އަކުރުގެ ތަރުތީބުން ކަމަށް ވެސް ކޯޕަރޭޓް މޯލްޑިވްސް އިން ބުންޏެވެ.

ގޯލްޑް 100 ހޮވުމުގެ މިންގަނޑުތައް އިއުލާނު ކޮށްފައިވާ އިރު، ގޯލްޑް 100 ހޮވުމުގައި ރާއްޖޭގެ ލީޑިން ޓެކްސް އެންޑް އެޑްވައިޒަރީ ފާމެއް ކަމުގައިވާ ސީޓީއެލް އިން ދާނީ އިވެލުއޭޓް ކުރަމުން ކަމަށް ކޯޕަރޭޓް މޯލްޑިވްސް އިން ބުންޏެވެ.

ގޯލްޑް 100 ހޮވުމުގައި ބަލާ މިންގަނޑުތައް ކޯޕަރޭޓް މޯލްޑިވްސްގެ ވެބްސައިޓްhttp://corporatemaldives.com/2017/09/24/corporate-maldives-launches-the-gold-100-and-selection-criteria/ގައި ވަނީ އިއުލާނު ކޮށްފަ އެވެ. އަދި ގޯލްޑް 100 އަށް ނަން ހުށަހެޅުމުގެ ފޯމް ކޯޕަރޭޓް މޯލްޑިވްސްގެ ވެބްސައިޓްhttp://gold100.corporatemaldives.com/އިން ލިބެން ހުންނާނެ އެވެ.