ވޭތުވެދިޔަ 11 އަހަރު މެދު ކެނޑުމެއް ނެތި ރާއްޖޭގައި ބާއްވަމުންދާ އެންމެ ބޮޑު އަދި ބައިނަލްއަގުވާމީ ގޮތުން އެކްރެޑިޓް ކޮށްފައިވާ ރާއްޖޭގެ ހަމައެކަނި ދުވުމުގެ އިވެންޓް "ދިރާގު މޯލްޑިވްސް ރޯޑް ރޭސް"ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އަންނަ މަހުގެ 24 ވާ ހުކުރު ދުވަހު ބާއްވަން ނިންމާފައިވާ އެ ދުވުމުގައި ބައިވެރިވާން ބޭނުންވާ މީހުން، ދިރާގުމޯލްޑިވްސް ރޯޑް ރޭސްގެ ވެބްސައިޓްމެދުވެރިކޮށް އޮންލައިންކޮށްރަޖިސްޓާކުރެވޭނެއެވެ.

ދިރާގުން ބުނެފައިވާ ގޮތުގައި، އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ރޯޑް ރޭސް ކުރިއަށް ގެންދާނީ ދެ ޑިސްޓެންސްއަކަށް ބަހާލައިގެންނެވެ. އެއީ ފަސް ކިލޯ މީޓަރާއިދި 10 ކިލޯ މީޓަރުގެ ކެޓެގަރީ އެވެ. މިއަހަރުގެ ރޭސް ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ހުޅުމާލޭ ގައެވެ.

ރޯޑް ރޭސްގައި ދުވާ ހުރިހާ ދުވުންތެރިން ވެސް، އެ މީހެއްގެ ދުވުން ހާއްސަކުރާނީ ކޮން ޖަމިއްޔާއަކަށްކަން ކަނޑައަޅާނެ ކަމަށާއި އެންމެ ގިނަ ދުވުންތެރިން ހިޔާރުކުރާ ފަސް ޖަމިއްޔާއަކަށް ޖުމްލަ 200،000 ރުފިޔާ ހަދިޔާ ކުރާނެ ކަމަށް ދިރާގުން ބުނެއެވެ.

އޭގެ އިތުރުން ރޯޑް ރޭސްގައި ބައިވެރިވުމަށް ދުވުންތެރިން ގަންނަ ޓީޝާޓުން ލިބޭ ފައިސާ ވެސް ކުޑަކުދިންގެ ހައްގުގައި ޖަމިއްޔާތަކަށް ހަދިޔާކުރުމަށް ދިރާގުން ވަނީ ނިންމާފަ އެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ގިނަ ބަޔަކު ޝައުގުވެރިވާ ދުރާލާ އިންތިޒާރުކުރާ އެއް އިވެންޓެވެ. ދުޅަހެޔޮ ކަމާއި ރަނގަޅު ސިއްހަތު އަދި އާއިލީ ގުޅުން ބަދަހި ކުރުމާއި ރަހްމަތްތެރިކަން އާލާވާ ގޮތަށް ދިރާގު ރޯޑް ރޭހަކީ ހުރިހާ އުމުރުފުރާ އަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އިވެންޓެކެވެ.