ކ. ގުރައިދޫ ފަޅުތެރޭގައި އޮތް ޑައިވިން ދޯންޏެއްގައި އެއްޗެއް ގޮަވައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ދޯނި ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.

މަންޒަރުދުށް މީހަކު 'ސަން' އަށް ކިޔައިދިން ގޮތުގައި މިއަދު ހެނދުނު އެ ދޯނީގައި އަލިފާންރޯވީ ބަނދަރުގައި އަޅާފައި އޮއްވާ ކަމަށާއި ރަށު ރަތްޔިތުންނާއި އެ ރަށުގައި ހަރަކާތްތެރިވާ ފުލުހުންގެ އެހީތެރިކަމާ އެކު ދޯނި ބަނދަރުން ދުރުކޮށް ކަމަށެވެ.

"އަޅުގަނޑުމެން ރަށުގެ އަނެއް އަވަށުގައި ތިއްބާ ވަރަށް ބާރަށް އެއްޗެއް ގޮވި އަޑު އިވިގެން އެ ދިމާލަށް ދިޔައިރު ދޯނީގައި ރޯވެ މި އޮތް އަދަނީ،" އޭނާ ބުންޏެވެ.

ގުރައިދޫ ފަޅުގައި އަޅާފައި އޮތް ދޯނީގައި އަލިފާނުގެ ހާދިސާއެއް ހިނގުން-- ފޮޓޯ/ އެމްއެންޑީއެފް

މަންޒަރު ދުށް ފަރާތުން ބުނީ ދޯނީގައި ގޮވީ ކޯއްޗެއް ކަމެއްބުނަން ނޭންގޭ ކަމަށާއި އެ ދޯނީގައި ގޮވާ ޒާތުގެ އެއްޗަކަށް ހުރީ ކާއްކާ ގޭސް ފުޅި އާއި ޑައިވިން ވައި ފުޅި ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބުނު ނަމަވެސް ދޯނި ވަނީ އެއްކޮށް އަދައި ބޭނޫން ނުކުރެވޭ ވަރަށް އަނދާފައެވެ.

"ރަށު ރައްޔިތުންނާއި ރަށުގައި އުޅޭ ފުލުހުން ނިކުމެ ދޯނި ބަނދަރުން ދުރުކޮށް ވަނީ ފެންޖަހާ ނިއްވާލަން މަސަތްކަތް ކޮށްފައި. އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމް އައި އިރު ގާތްގަޑަކަށް އަލިފާން ގަނޑު ވަނީ ނިވާލެވިފަ،" އޭނާ ބުންޏެވެ. އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ ހެނދުނު 10:00 އިރު ކަމަށާއި އެމްއެންޑީއެފްގެ ޓީމެއް އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.