03 Nov 2017, 20:49
ބައިކް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބައިކް މޯލްޑިވްސް)އާ ނެސްލޭ ގުޅިގެން 100 ކުއްޖަކަށް ބައިސްކަލް ހަދިޔާކޮށްފިއެވެ.
"ނެސްލޭ ގިވް އަވޭ ބައިކް ޕްރޮގްރާމް"އަކީ، ކުއްޖަކު އޭނާގެ ބެލެނިވެރިޔާ، އަދި މައިލޯ ޕްރޮޑަކްޓަކާއެކު ފޮޓޯއެއް ނެގުމަށް ފަހު، މެސެޖްކުރާ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

ނެސްލޭ ގިވް އަވޭ ބައިކް ޕްރޮގްރާމް"ގެ ދަށުން ބައިކް މޯލްޑިވްސްއާ ނެސްލޭ ގުޅިގެން 100 ކުއްޖަކަށް ބައިސްކަލް ހަދިޔާކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރޭން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ
ބައިކް މޯލްޑިވްސް އާއި ނެސްލޭ ގުޅިގެން މިއަދު ހެނދުނު، މާލޭ ސިނާއީ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ، "ނެސްލޭ ގިވް އަވޭ ބައިކް ޕްރޮގްރާމް"ގައި ބައިވެރިވެ ފޮޓޯފޮނުވި ކުދީންގެ ތެރޭން މިއަދު އެތަނަށް ހާޒިރުވި ހުރިހާ ކުދީންނާއި އަދި މިއަދު އެ ހަރަކާތް ކުރިއަށް ދިޔަ ވަގުތު، އެތަނަށް ގޮސް ރެޖިސްޓްރޭޝަން ހެދި ކުދީން ހިމެނޭ ގޮތަށް 100 ކުއްޖަކަށް ބައިސްކަލް ހަދިޔާކޮށްފައެވެ.
މިއަދުގެ އެ ރަސްމިއްޔާތުގައި ކުދީންނަށް ބައިސްކަލްތައް ހަވާލުކޮށްދެއްވީ، ބައިކް މޯލްޑިވްސް އާއިލާގައި ހިމެނޭ މެންބަރުންނާއި ނެސްލޭގެ ފަރާތުން އެ ރަސްމިއްޔާތުގައި ބައިވެރިވި މެންބަރުންނެވެ.

ނެސްލޭ ގިވް އަވޭ ބައިކް ޕްރޮގްރާމް"ގެ ދަށުން ބައިކް މޯލްޑިވްސްއާ ނެސްލޭ ގުޅިގެން 100 ކުއްޖަކަށް ބައިސްކަލް ހަދިޔާކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރޭން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ
ބައިކް މޯލްޑިވްސް އިން ވަނީ، ދަތުރު ފަތުރުގައާއި އަދި ދުޅަހެޔޮ ސިއްހަތެއްގައި ކުރުމަށް ކަސްރަތެއްގެ ގޮތުގައި ވެސް ބޭނުންކުރެވޭ ވަސީލަތެއް ކަމަށްވާ ބައިސްކަލްގެ މިފަދަ ހަދިޔާއެއް ފޯރުކޮށްދިން ކަމަށްޓަކައި ނެސްލޭއަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.
ބައިކް މޯލްޑިވްސް އަކީ، ރާއްޖޭގެ ނާޒުކް ތިމާވެށި ހިމާޔަތް ކުރުމަށް ހޭލުންތެރިކަން އިތުރު ކުރުމާއެކު، ދުޅަހެޔޮ ސިއްހަތަކަށް ބައިސްކަލުގެ ބޭނުން ކޮށް، ކަސްރަތު ކުރުމުގެ އާދަ އަށަގެންނެވުމަށް، 2015 ވަނަ އަހަރު އުފެއްދި ޖަމިއްޔާއެކެވެ.
މިއަދު ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ބައިކް މޯލްޑިވްސްގެ އެއް ފައުންޑަރު އަހްމަދު ޙަސަންދީދީ ވިދާޅުވީ، ކުދީންނާ ހަދިޔާ ކުރި 100 ބައިސްކަލް ގޭގައި ބެހެއްޓުމުގެ ބަދަލުގައި އޭގެ ބޭނުން ހުރިހާ ކުދީންވެސް ރަނގަޅުގޮތުގައި ހިފުމަކީ ބައިކް މޯލްޑިވްސްގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން، ހުރިހާ ބޭފުޅުންވެސް ބައިސްކަލްތަކުގައި ބޭރަށް ނުކުމެ، އަޅުގަނޑުމެން ކުރިއަށް ގެންދާ ތަފާތު ޕްރޮގްރާމްތަކުގައި ބައިވެރިވުން. ބައިކް ފެމެލީއާ ގުޅުމުގެ ފުރުސަތު ހަމަ ކޮންމެ ބޭފުޅަކަށް ވެސް މިވަނީ ހުޅުވާލެވިފައި،" އަހްމަދު ހަސަންދީދީ ވިދާޅުވިއެވެ.

ނެސްލޭ ގިވް އަވޭ ބައިކް ޕްރޮގްރާމް"ގެ ދަށުން ބައިކް މޯލްޑިވްސްއާ ނެސްލޭ ގުޅިގެން 100 ކުއްޖަކަށް ބައިސްކަލް ހަދިޔާކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރޭން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ
ބައިކް މޯލްޑިވްސްގެ ހަރަތާތްތައް ކޮންމެ ދުވަހަކުވެސް ކުރިއަށް ގެންދެއެވެ. މީގެ އިތުރުން ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު ހުޅުމާލޭގައި ބައިކް މޯލްޑިވްސްގެ މެންބަރުންގެ މެދުގައި ރޭސް ޖެހުން ބާއްވާއިރު، ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނަކީ، ބައިސްކަލް ދުއްވަން ދަސްކުރާން ބޭނުންވާ ފަރާތްތަކަށް އެ ހުނަރު ދަސްކޮށް ދިނުމަށް ޚާއްސަކުރެވިފައިވާ ދުވަހެކެވެ.
ބައިސްކަލް ދުއްވަން ދަސްކޮށްދިނުން ކުރިއަށް ގެންދަނީ، މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 6:00 އިން 7:00 އަށެވެ.

ނެސްލޭ ގިވް އަވޭ ބައިކް ޕްރޮގްރާމް"ގެ ދަށުން ބައިކް މޯލްޑިވްސްއާ ނެސްލޭ ގުޅިގެން 100 ކުއްޖަކަށް ބައިސްކަލް ހަދިޔާކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރޭން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ
ބައިކް މޯލްޑިވްސްއިން ވަނީ، އެ ޖަމިއްޔާއިން ވޭތުވެ ދިޔަ އަހަރު ކުރިއަށްގެންދިޔަ ތަފާތު ހަރަކާތްތަކުގެ ކާމިޔާބީ ފާހަގަކުރުމަށް، އެވެ. މި ހަފްލާ އޮންނާނީ، މާދަމާ ރޭ 8:30ގައި ސްޓެލްކޯގެ ޓެރަސްގައެވެ. ޑިނަރ ނައިޓުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް، އެ ފުރުސަތު ހުޅުވާލާފައި ވާއިރު، ޓިކެޓެއް ވިއްކަނީ 200 ރުފިޔާއަށެވެ.