ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ދަރިވަރު ފަރީދާ މުހައްމަދު ކީރިތި ގުރުއާން ހިތުދަސްކޮށް ހާފިޒްކަމުގެ ސަނަދު ހާސިލްކޮށްފި އެވެ.

ހަތަރު އަހަރުގެ މަސައްކަތުން ފަރީދާ ކީރިތި ގުރުއާން ހިތުދަސްކޮށް އެ ޔުނިވާސިޓީ އިން ކަނޑައަޅާފައިވާ ހާފިޒްކަމުގެ އިމްތިހާނު ނިންމާ ގުރުއާން ހިފްޒު އިމްތިހާން ކުރާ ކޮމެޓީ އަށް ކިޔައިދީފައިވާ ކަމަށްވެސް އެ ޔުނިވާސިޓީ އިން ބުނެ އެވެ.

ފަރީދާ ގުރުއާން ހިތުދަސް ކޮށްފައި ވަނީ އުމުރުން 52 އަހަރުގައެވެ. އައިޔޫއެމް އިން ބުނީ އެ ޔުނިވާސިޓީގެ ހިފްޒު ކުލާހާ ފަރީދާ ގުޅުނީ 2014 ވަނަ އަހަރު ކަމަށެވެ.

ފަރީދާ ކީރިތި ގުރުއާން ހިތުދަސްކުރުމަށް ދިން އަހައްމިއްޔަތުގެ ސަބަބުން އިސްލާމިކް ޔުނިވާސިޓީ އިން ވަނީ އެ ޔުނިވާސިޓީގައި ގުރުއާނުގެ ދާއިރާ އިން މާސްޓާސް އަށް ކިޔެވުމުގެ ފުރުސަތު ފަރީދާ އަށް ދީފަ އެވެ.