ލ. ގަމު ޕޮލިސް ސްޓޭޝަނުން ހިންގި ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެހިތަކަކާ އެކު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ އާދިއްތަ ދުވަހުގެ 12:45 އެހާކަންހާއިރު މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ދެ ރަބަރު ޕެކެޓަކާ އެކު ހައްޔަރު ކުރީ ގަން ތުނޑީ ވަގުތީހިޔާ މުހައްމަދު ޝިޔާމް 22، ކަމަށެވެ.

އަދި ފުލުހުން އޭނާ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރީ ގަން ތުނޑީ ޕްރީސްކޫލް ކައިރިން ކަމަށެވެ.

ފުލުހުން ބުނީ މިދިޔަ މަހު 30 ވަނަ ދުވަހު އެސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ގަމުގައި ދުއްވާ ފެރީ ދޯންޏެއްގެ ތެރޭގައި ހުރި ފަންކާއެއް ފުލުހުންގެ ބެލުމުގެދަށަށް ގެނެސް، ޗެކްކުރިކުރުމުން އެފަންކާގެ އެތެރެއިން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށެވެ.

މި ދެ މައްސަލަ ވެސް ގަން ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.