02 Nov 2017, 23:38
އަތޮޅު ތެރޭގެ ރަށްރަށުގެ ތެރެއިން މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިންނަށް ހާއްސަކޮށްގެން ތަރައްގީކުރާ ހޮޓާތަކާއި ގެސްޓް ހައުސް އެޅުމަށް ދޫކުރާ ބިންތަކުން ނަގާ ފީ ކަނޑައަޅައިފިއެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ފަތުރުވެރިކަަމަށް ހާއްސަކޮށްގެން މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓް ހައުސް ވިޔަފާރީ ކުރުމަށާއި ހޮޓާތައް ހިންގުމަށް ބިންތައް ދޫކުރާއިރު އެ މިނިސްޓްރީން ކަނޑައަޅާފައިވާ އެކުއިޒިޝަން ފީ ނަގަންވާނެ ކަމުގައެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރި ކުރާ ކ. އަތޮޅާއި އއ. އަތޮޅާއި އދ. އަތޮޅު އަދި ވ. އަތޮޅުގެ ބޭސް ރޭޓުގެ ގޮތުގައި 75 ރުފިޔާ ކަނޑައަޅާފައިވާއިރު އިކުއިޒިޝަންފީގެ ގޮތުގައި ކަނޑައަޅާފައި ވަނީ އަކަފޫޓާއި ބޭސް ރޭޓް ގުނައަށްވާ މިންވަރެވެ.
އެ ހަތަރު އަތޮޅު ފިޔަވައި އެހެން ހުރިހާ ސަރަހައްދުތަކުގެ ބޭސް ރޭޓުގެ ގޮތުގައި ކަނޑައަޅާފައިވަނީ 50 ރުފިޔާއެވެ. އަދި އިކުއިޒިޝަންފީގެ ގޮތުގައި ކަނޑައަޅާފައިވަނީ އަކަފޫޓާއި ބޭސް ރޭޓް ގުނައަށްވާ މިންވަރެވެ.