އިނގިރޭސި ޝާހީއާއިލާގެ ޕްރިންސް ވިލިއަމްސްގެ އަނބިކަނބަލުން ކޭޓް މިޑިލްޓަން އަށް ލިބެނީ އެއްމާބަނޑު ދެކުދިން ކަމަށް އެމެރިކާގެ މަޖައްލާއެއް ކަމަށްވާ ލައިފް އެންޑް ސްޓައިލް އިން ހާމަކޮށްފިއެވެ.

ޝާހީ އާއިލާގެ މީހަކު ނަން ހާމަނުކުރުމަށް އެދި ލައިފް އެންޑް ސްޓައިލް މަޖައްލާއަށް ބުނީ ކޭޓްއަށް ލިބެނީ އެއްމާބަނޑު އެއްވައްތަރުގެ ދެ ކުދިން ކަމަށެވެ.

ކޭޓްއަށް އެއްމާބަނޑު ދެކުދިން ލިބެން އުޅޭކަމުގެ ހަބަރު އެންމެ ފުރަތަމަ ދިނީ އޭނާގެ މަންމަ އާއި ބައްޕައަށް ކަމަށް އެ މަޖައްލާއިން ހާމަކުރިއެވެ.

ޕްރިންސް ވިލިއަމްއާއި ކޭޓް މިޑްލްޓަން، އެ ދެކަނބަލުންގެ ބޭފުޅުންނާއި އެކު --

ދެ ކުދިންނަށް ދޭނެ ނަމަށް އަދި ކަނޑައަޅައިފައި ނުވިޔަސް އެ ދެކުދިންނަށް ޝާހީ ނަންތަކެއް ދިނުމަށް ބަހުސް ކުރެވެމުންދާ ކަމަށް ވެސް އެ މަޖައްލާއިން ބުންޏެވެ. އޭގެ ތެރޭގައި އެލިޒަބަތު، އެލައިސް، އޮލިވިއާ ފަދަ ނަންތައް ހިމެނެއެވެ.

އެއްމާބަނޑު ދެކުދިން ވިޔަސް އެ ދެކުދިން ބަލަން އިތުރު މީހަކު ހޯދަން ކޭޓް ބޭނުންނުވާ ކަމަށް ވެސް ޝާހީ އާއިލާގެ މީހާ ބުންޏެވެ. ނަމަވެސް ވިލިއަމް ދެކޭ ގޮތުގައި އެހެން ހެދުމުން ކޭޓް އަށް މާ ބުރަ ބޮޑުވާނެ އެވެ. އަދި އޭރުން އަމިއްލަ ދިރިއުޅުމާއި ޝާހީ ޒިންމާތައް އަދާކުރުމުގައި ބުރޫ އަރާނެ ކަމަށް ވެސް ވިލިއަމް ދެކެއެވެ.

ކޭޓާއި ވިލިއަމްސްގެ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު މިހާރުވެސް ހުރެއެވެ.